2022 ގެ އާމްދަނީ: 889 މިލިއަން ޑޮލަރު، 26 ޕަސެންޓްގެ އިތުރުވުމެއް

މިދިޔަ އަހަރު ޖުމުލަ 22 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ޖުމުލަ އާމްދަނީގެ ތެރޭން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ އާއްމު ޖީއެސްޓީ އިންނެވެ. އެއީ ނުވަ ބިލިއަން ރުފިޔާ އެވެ.

ވީއައިއޭގައި ޓޫރިސްޓުން: މިދިޔަ އަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނީ 800 މިލިއަން ޑޮލަރު -- މި

މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް މިންވަރު ކުރީ އަހަރަށް ވުރެ 26 ޕަސެންޓް އިތުރު ވެފައިވެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނި ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ޑޮލަރުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 889 މިލިއަން ޑޮލަރެވެ. ނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު ލިބުނީ 626 މިލިއަން ޑޮލަރެވެ. މީގެ ތެރޭން ޓެކުހުގެ ގޮތުގައި މީރާއަށް ޑޮލަރުން މިދިޔަ އަހަރު ބަލައިގަތީ 569 މިލިއަން ޑޮލަރެވެ. ކުރީ އަހަރު ބަލައިގެންފައިވަނީ 435 މިލިއަން ޑޮލަރެވެ.

ޑޮލަރުން ބޮޑު އާމްދަނީ ލިބުނު ދާއިރާތައް

  •  ޓީޖީއެސްޓީ -- 430 މިލިއަން
  •  ޑިޕާޗާ ޓެކްސް -- 51 މިލިއަން ޑޮލަރު
  •  އިންކަމް ޓެކްސް -- 23 މިލިއަން ޑޮލަރު
  •  ގްރީން ޓެކްސް -- 63 މިލިއަން ޑޮލަރު
  •  ލީޒް ޕީރިއަޑް އެކްޓެކްޝަން ފީ -- 127 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމުކުރި -- 125 މިލިއަން ޑޮލަރު
ސަރުކާރަށް އެންމެ ގިނަ ފައިސާ ވައްދައިދޭ އެންމެ މުހިންމު އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލް އިން ހިންގާ ވީއައިއޭ ވޯކްވޭއެއް -- މި

ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު 430 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، ކުރީ އަހަރު ލިބިފައިވަނީ 342 މިލިއަން ޑޮލަރެވެ. އަދި ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ނަގާ ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 63 މިލިއަން ޑޮލަރު ލިބުނުއިރު އޭގެ ކުރީ އަހަރު ލިބިފައިވަނީ 52 މިލިއަން ޑޮލަރެވެ. ޓޫރިޒަމް ބިމުކުލީގެ ގޮތުގައި މިދިޔަ އަހަރު 125 މިލިއަން ޑޮލަރު ލިބުނުނަމަވެސް ކުރީ އަހަރު 135 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޖުމުލަ އާމްދަނީ 22 ބިލިއަން

މިދިޔަ އަހަރަށް ބަލާއިރު މުޅި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 22 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކުރީ އަހަރު ލިބުނީ 15 ބިލިއަން ރުފިޔާ އެވެ. އަދި ޑިސެމްބަރު މަސް ވަކިން ބަލާނަމަ 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ އާއްމު ޖީއެސްޓީގެ ގޮތުގަ އެވެ. އާއްމު ޖީއެސްޓީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ޖީއެސްޓީއަށް ލިބުނީ ހަ ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުންނެވެ. މި ޓެކުހުން ހަތަރު ބިލިއަން ރުފިޔާ ލިބުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.