ރާއްޖެއިން ކެމްބޯޑިއާއާއެކު ސިޔާސީ ގުޅުން ގާއިމް ކުރީ ސެޕްޓެމްބަރު، 21. 1995 ގައެވެ. މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ހެނދުނު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖެއިން ކެމްބޯޑިއާއާއެކު ސިޔާސީ ގުޅުން ގާއިމް ކުރީ ސެޕްޓެމްބަރު، 21. 1995 ގައެވެ. މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި ވީއައިއޭއިން މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ. ބޮޑުވަޒީރަށް ދަންނަވާ ރަސްމީ މަރުހާބާގެ ހަރަކާތްތައް އޮންނާނީ މާދަމާއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގައި ރައީސް ސޯލިހާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާނެ އެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމްނާމާތަކުގައި ސޮއި ކުރާނެ އެވެ. ދެ ގައުމުގެ ރަސްމީ ވާހަކަ ތަކަށް ފަހުގައި ދެ ބޭފުޅުންގެ ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ.