ގޮޓާބަޔާގެ އިސްތިއުފާ ރަސްމީކޮށް ލަންކާއިން ތާރީހު ޖަހައިފި

ގޮޓާބަޔާ އަކީ ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމުން އިންތިހާބު ކުރި އަށްވަނަ ރައީސެވެ. އަދި ސްރީލަންކާގެ ތާރީޚްގައި ވެސް ދައުރު ފުރިހަމަ ނުކުރެވުނު ހަމައެކަނި ރައީސްގެ އިތުރުން ވެރިކަމުގައި ހުންނަވައި ގައުމު ދޫކުރައްވާ ފިއްލެވި ފުރަތަމަ ރައީސަކީ ވެސް ގޮޓާބަޔާ އެވެ.

ލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ

ގައުމު ދޫކޮށް ފިއްލަވައިގެން ދިވެހި ރާއްޖެ މަގުން އިއްޔެ ސިންގަޕޫރަށް ވަޑައިގަތް ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރަޖަޕްކަސާ، ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި ކަން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

މިއަދު ކުރެއްވި މި އިއުލާނާއެކު ގޮޓާބަޔާގެ ވެރިކަމުގެ ދައުރު ހަޑި ގޮތަކަށް ނިމި ތާރީހުގައި ލިޔެވިގެން ދިޔައީ އެވެ، ގޮޓާބަޔާ އަކީ ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމުން އިންތިހާބު ކުރި އަށް ވަނަ ރައީސެވެ. އަދި އެ ގައުމުގެ ތާރީހުގައި ވެސް ދައުރު ފުރިހަމަ ނުކުރެވުނު ހަމައެކަނި ރައީސްގެ އިތުރުން ވެރިކަމުގައި ހުންނަވައި ގައުމު ދޫކުރައްވާ ފިއްލެވި ފުރަތަމަ ރައީސަކީ ވެސް ގޮޓާބަޔާ އެވެ.

ރައިސް ކަމުން ގޮޓާބަޔާ އިސްތުއުފާ ދިނުމުން ލަންކާގެ އެކި ސަރަހައްދުތަކުގައި މިއަދު ދަނީ ރައްޔިތުން އުފާފާޅު ކުރަމުންނެވެ.

ގޮޓާބަޔާ ސްރީލަންކާގެ ރައީސް ކަމުން އިސްތިއުފާ ދެއްވިކަން އިއްޔެ ވަނީ އީމެއިލް މެދުވެރިކޮށް ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަންގަވާފަ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާ ވިދާޅުވީ ގޮޓާބަޔާގެ އިސްތިއުފާ ރަސްމީކޮށް އިއުލާން ކުރައްވާނީ ފޮނުއްވެވި އީމެއިލްގެ ސައްހަކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ.

އަދި މިއަދު ގޮޓާބަޔާގެ އިސްތިއުފާ މަހިންދާ ޔާޕާ އަބޭވަރްދަނާ ރަސްމީކޮށް އިއުލާން ކޮށްދެއްވި އިރު ވަގު ނަންގަވައިގެން އީމެއިލްގެ ސައްހަކަން ކަށަވަރު ކުރެއްވި ކަމަށް ތަކުރާރު ކުރެއްވި އެވެ.

ގޮޓާބަޔާ އިސްތިއުފާ ދެއްވުމުން ވަގުތީ ރައީސަކު ތިން ދުވަހާއި 30 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުން ހޮވަން ޖެހޭނެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވި ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ސްރީލަންކާގެ ރައީސް ކަމަށް ގާނޫނު ހަދާ މަޖިލީހުން ބޭފުޅަކު ހޮވާނެ ކަމަށެވެ، ރައީސް ބާރުތައް ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ އަށެވެ. އިންޓެރިމް ރައީސެއްގެ ގޮތުގައި ރަނިލް މިއަދު ހުވާ ކުރައްވާނެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ރައީސް ކަން ހަވާލުކުރާ ބޭފުޅެއްގެ ވެރި ކަމުގެ ދައުރު ނިމެނީ 2024 ވަނަ އަހަރުއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.