ސޮލްޑައު މިހާރު މަޝްހޫރުވެފައި ވަނީ ޒިއަލްޑޯވޯގެ ނަމުންނެވެ. އެތާނގެ ކައިރިން ދެ ވަޅުގަނޑު ފެނިފައި ވެއެވެ. އަދި އިތުރު ވަޅުތަކެއް ހޯދަން ކޮންނާނެ އެވެ. އެތާނގައި 8000 މީހުން މަރާ އަންދާފައިވާ ވާނެ ކަމަށް ލަފާކުރެވެނީ މީހެއްގެ ހަށިގަނޑުގެ ބަރުދަނުގައި ދެ ކިލޯއަށް އަރާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.
ޕޯލެންޑްގެ އުތުރުން ސޮލްޑައުގައި ޖަރުމަނުގެ ނާޒީންގެ ކޮންސެންޓްރޭޝަން ކޭމްޕެއް ހަދައިގެން އުޅުނު ސަރަހައްދަކުން އިންސާނުން ގަބުރު އަންދާފައިވާ 17.5 ޓަނުގެ އަޅި ޖަމާވެފައި ހުއްޓާ އާކިއޮލޮޖިސްޓުން ހޯދައިފި އެވެ.
ޕޮލެންޑްގެ ގައުމީ ހަނދާނީ މުއައްސަސާގެ އިސް އޮފިޝަލެއް ކަމަށްވާ ޓޮމާޒް ޖަންކޯވްސްކީ ވިދާޅުވީ ގަބުރުތައް އަންދާ ޖަމާކޮށްފައިވާ އަޅިއަކީ މަދުވެގެން 8،000 މީހުން ގެ އަޅި ކަމަށާއި ހަށިގަނޑުތައް އަންދާލާފައި ވަނީ ނާޒީން ހިންގި އޮޕަރޭޝަނެއްގައި އެ މީހުންގެ މަރުގެ އަސަރުތައް ފޮރުވުމަށް ކަމަށް ބެލެވޭ ކަމަށެވެ.
ސޮލްޑައުގައި ނާޒީން ގާއިމް ކުރި މި ކޮންސެންޓްރޭޝަން ކޭމްޕަކީ 1939 ވަނަ އަހަރު ޓްރާންސިޓް ކުރުމާއި ހެކިު ނައްތާލުމަށް ބިނާކޮށް ނާޒީންގެ ހިސޯރުކޮށް ބޭނުން ކުރަމުން ގެންދިޔަ ތަނެވެ. ސޮލްޑައުގައި ނާޒީން ވަނީ ޔަހޫދީންނާއި ޕޯލެންޑްގައި ސިޔާސީ އިދިކޮޅު ފަރާތްތަކާއި ޕޮލެންޑްގެ ހާއްސަ އެތައް ޝަހުސިއްޔަތުންނެއް މަރާފަ އެވެ. މަރާފައިވާ ޕޮލެންޑްގެ މީހުންގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ރަނގަޅު ހަރު މީހުން ވެސް ހިމެނެ އެވެ.
އަލަށް ހޯދުނު ކޭމްޕްގައި 30،000 އާއި ގާތް ކުރާ އަދަދަކަށް މީހުން މަރާލާފައިވާ ކަމަށް ބެލެވޭއިރު، އެތަން ދިރާސާކުރާ ފަރާތްތަކުން އުންމީދު ކުރަނީ އަޅި އާއި ކުނޑި ކަށީގެ ޑީއެންއޭ އެނަލިސިސް ހަދައި މަރާފައިވާ މީހުންނާ ބެހޭ އިތުރު މައުލޫމާތު ހޯދިދާނެ ކަމަށެވެ. ނަމަވެސް އާސާރީ ތަކެތި ދިރާސާކުރާ ފަރާތްތަކަށް މި ކޭމްޕުން އަންނައުނާއި އެހެނިހެން ތަކެތީގެ އަސަރު ފެނިފައިވި ނަމަވެސް އަގުހުރި އެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންވެ އެ މީހުން ގަބޫލު ކުރަނީ މަރާފައިވާ މީހުންގެ ހަށިތައް ފުނިޖަހައި އަލިފާން ރޯކުރުމުގެ ކުރިން އެ އެންމެންގެ ގަހަނާތައް ފޭރިގެންފައިވާ ކަމަށެވެ.
ސޮލްޑައު މިހާރު މަޝްހޫރުވެފައި ވަނީ ޒިއަލްޑޯވޯގެ ނަމުންނެވެ. ޖަންކޯވްސްކީ ވިދާޅުވި ގޮތުގައި އެތާނގެ ކައިރިން ދެ ވަޅު ފެނިފައި ވެއެވެ. އަދި އިތުރު ވަޅުތަކެއް ހޯދަން ކޮންނާނެ އެވެ. އެތާނގައި 8000 މީހުން މަރާ އަންދާފައިވާ ވާނެ ކަމަށް ލަފާކުރެވެނީ މީހެއްގެ ހަށިގަނޑުގެ ބަރުދަނުގައި ދެ ކިލޯއަށް އަރާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.
ޕޮލެންޑްގެ ބޮޑުވަޒީރު މަޓޭއުސް މޮރަވިއެކީ ބުދަ ދުވަހު ވިދާޅުވީ ނާޒީންގެ ހަނގުރާމައިގެ ޖަރީމާތައް ތަފްސީލު ނޫން ކަމަށާއި މިހާރުގެ އަގުތަކަށް ބަދަލުކޮށް މާލީ ގެއްލުންތަކުގެ ހިސާބުތައް ތަފްސީލުކޮށްފައިވާ ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖަރުމަނުން ޕޮލެންޑްގެ ރައްޔިތުންނަށް އިންތިހާއަށް ގެއްލުން ދީފައި ކަމަށާއި ދުވަހަކުވެސް އެއިން ގެއްލުމަކަށް ބަދަލެއް ދީފައި ނުވާ ކަމަށެވެ.
އެއާ ހިލާފަށް ޖަރުމަނުން ބުނެފައި ވަނީ ބަދަލު ދިނުމުގެ މައްސަލަ ނިމިފައިވާ ކަމަށެވެ. އެއޫ ގާނޫނީ ގޮތުން އެ މައްސަލަ 1950 ގެ އަހަރުތަކުގައި ބަންދު ކޮށްފައި ވާ ކަމަށެވެ.
ހަނގުރާމައިގައި ގާތްގަނޑަކަށް ހަ މިލިއަން ޕޮލެންޑް މީހުން މަރުވިއރު އޭގެ ތެރޭގައި ތިން މިލިއަން މީހުނަކީ ޔަހޫދީންނެވެ. ޕޮލެންޑްގެ ނޭޝަނަލިސްޓް ކޮންޒަވޭޓިވް ސަރުކާރުގެ މެމްބަރަކު 2019 ވަނަ އަހަރު ވިދާޅުވި ގޮތުގައި ގެއްލުންތައް 850 ބިލިއަން ޑޮލަރަށް އަރަ އެވެ.