ތަޣައްޔަރު ވެފައިވާ ބޭހަކަށް ސަމާލުވާން އެދިއްޖެ

އެ ބޭސްތަކުގެ ލިސްޓެއް ހާމަކޮށް ބުނެފައިވަނީ މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް -- އެޕްރޫވްޑް ޑްރަގް ލިސްޓް ގައި ހިމެނޭ ބޭސްތަކެއް ނޫން ނަމަވެސް ބޭސްސިޓީ އަށް ނުވަތަ އެނޫން ވެސް ގޮތަކުން ރާއްޖެއަށް މި ބޭސްތައް އިމްޕޯޓް ވުމުގެ ފުރުސަތު އޮތުމުން ސަމާލުވުމަށް އެދޭ ކަމަށެވެ.

ތަޣައްޔަރު ވެފައިވާ ބޭހަކަށް ސަމާލުވާން އެދިއްޖެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޒެގެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ދޭ ސިރަޕްތަކެއްގައި ނުރައްކަލަށް ހުށަހެޅިދާނެ މާއްދާ އެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްއްޔާއިން އަންގާފައިވާ ކަމަށެވެ.

އެ ބޭސްތަކުގެ ލިސްޓެއް ހާމަކޮށް ބުނެފައިވަނީ މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް -- އެޕްރޫވްޑް ޑްރަގް ލިސްޓް ގައި ހިމެނޭ ބޭސްތަކެއް ނޫން ނަމަވެސް ބޭސްސިޓީ އަށް ނުވަތަ އެނޫން ވެސް ގޮތަކުން ރާއްޖެއަށް މި ބޭސްތައް އިމްޕޯޓް ވުމުގެ ފުރުސަތު އޮތުމުން ސަމާލުވުމަށް އެދޭ ކަމަށެވެ.

އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން މި ބޭސްތަކާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ހިއްސާ ކުރުމަށް އެދިފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.