އޭޑީކޭގައި ދެ ޑީކޯ ޗެމްބަރު ބަހައްޓައި ހިދުމަތް ފަށައިފި

އޭޑީކޭގައި ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް ވަސީލަތްތަކާއެކު ގާއިމު ކުރުމަކީ ރާއްޖެއަށް ލިބޭނެ ކުރި އެރުމެވެ.

އަމިއްލަ ހޮސްޕިޓަލް އޭޑީކޭގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ގެ މައްސަލަތަކަށް ފަރުވާ ދޭނެ ދެ ޑީކޮމްޕްރެޝަން ޗެމްބަރެއް ބަހައްޓައި އެ ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ރާއްޖޭގެ ހޮސްޕިޓަލެއްގައި މި ހިދުމަތް ދޭ އާ ފަހަރެވެ. މި ހިދުމަތް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފު ކޮށްފައި ވަނީ ބަނޑޮސް ރިސޯޓްގެ ކްލިނިކްގަ އެވެ. އޭޑީކޭގެ ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓްގެ ޚިދުމަތް އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ޑައިވް ކުރަން ރައްކާތެރި ގައުމެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި ވުމާއެކު ޑީކޯ ފަރުވާ ދެވޭނެ ޗެމްބަރަކީ ރާއްޖޭގެ ޑައިވް އިންޑަސްޓްރީއަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އަދި އޭޑީކޭއިން އެ ހިދުމަތް ފެށީ މާލީ މަންފާ ހޯދަން ވިސްނައިގެން ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އޭޑީކޭގައި ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް ވަސީލަތްތަކާއެކު ގާއިމު ކުރުމަކީ ރާއްޖެއަށް ލިބޭނެ ކުރި އެރުމެވެ. ޑީކޯގެ ޗެމްބަރުގައި ދޭ ފަރުވާއަށް އޭޑީކޭ އިން ވަނީ ސިންގަޕޫރުން ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ މީހުން ތަމްރީނު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.