ގޮތަބަޔާ ފިއްލެވުމުގައި ސަރުކާރުގެ ދައުރަށް ނަޝީދު ތައުރީފު

ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޮޓާބަޔާ އެ މަނިކުފާނުގެ އިސްތިއުފާ ސިޓީ އީމެއިލް މެދުވެރިކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުވައި ދެއްވި އެވެ. ލަންކާގެ ސަރުކާރުން އަދި ރައީސް ގޮޓާބަޔާ އިސްތިއުފާ ދެއްވިކަން ރަސްމީކޮށެއް ނުދެއްވަ އެވެ،

ރައީސް މުހައްމަދު ނަޝީދު

ސްރީލަންކާގެ ރައީސް ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގެން 33 ގަޑިއިރު ރާއްޖޭގެ އަސްކަރީ މަރުކަޒު، ގިރިފުއްޓާއި ފަސްތަރީގެ ރިސޯޓް އިތާފުށީގައި މަޑު ކުރެއްވުމަށް ފަހު މިއަދު ސިންގަޕޫރަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރުން އަދާ ކުރި ދައުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތައުރީފު ކުރައްވައިފި އެވެ.

ޓްވީޓާ މެދުވެރިކޮށް ރައީސް ނަޝީދު ސަރުކާރަށް ތައުރީފު ކުރެއްވި އިރު، ރައީސް ގޮޓާބަޔާއަށް އެ މަނިކުފާނުގެ މަންޒިލަށް ވަޑައިގެންނެވެން ދެން އެ މަނިކުފާނުގެ ކަންކަމުގައި ރާައްޖޭން އިސް ކޮށް އުޅުއްވެވީ ރައީސް ނަޝީދެވެ. އަދި ސިންގަޕޫރަށް ފުރާ ވަޑައިގެންނެވި އިރު ވީއައިއޭން އަލްވަދާއު ވިދާޅުވީ ވެސް ނަޝީދެވެ. އަދި މި މައްސަލާގައި ރާއްޖެ އައި ސުްރީލަންކާގެ ރައްޔިތުން ދިވެހި ސަރުކާރަށް ހިތްހަމަ ނުޖެހުން ފާޅުކޮށް އެތައް ހިނގައި ދިޔައިރު ވެސް ދިވެހި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެބެ.

ނަޝީދު އޭންގެ ޓްވީޓްގައި ލިޔުއްވެވި އެވެ:

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ގޮތަބަޔާ އަދިވެސް ލަންކާގައި ހުންނެވި ނަމަ، ފުރާނަފުޅު ގެއްލޭނެ ކަމުގެ ބިރު އޮތުމާއެކު އިސްތިއުފާ ވެސް ނުދެއްވުނީސް... ދިވެހި ސަރުކާރުން ވިސްނުންތެރި ކަމާއެކު އެޅި ފިޔަވަޅުތަކަށް އަޅުގަނޑު ސާބަސް ދެން. ލަންކާގެ ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮ ދުއާ،"

ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޮޓާބަޔާ އެ މަނިކުފާނުގެ އިސްތިއުފާ ސިޓީ އީމެއިލް މެދުވެރިކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުވައި ދެއްވި އެވެ. ލަންކާގެ ސަރުކާރުން އަދި ރައީސް ގޮޓާބަޔާ އިސްތިއުފާ ދެއްވިކަން ރަސްމީކޮށެއް ނުދެއްވަ އެވެ،

ރައީސް ގޮޓާބަޔާ ސިންގަޕޫރުގައި ހުންނެވި ނަމަވެސް އެ ގައުމުގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ ގޮޓާބަޔާ ސިންގަޕޫރުން ހިމާޔަތަށް އެދިވަޑައިގެންފައިނުވާ ކަމަށާއި ސިންގަޕޫރުން ގޮޓާބަޔާއަށް ޙިމާޔަތް ދީފައިވެސް ނުވާ ކަމަށެވެ. ސިންގަޕޫރަކީ ސިޔާސީ މީހުނަށް އެސައިލަމް ދީ އުޅޭ ގައުމެއް ނޫންކަމަށްވެސް ސިންގަޕޫރުން ބުނެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.