ރައީސް ގޮޓާބަޔާގެ ޓްރާންސިޓްގައި ބައިވެރިއެއް ނުވަން: އިންޑިއާ

ސިންގަޕޫރަށް ވަޑައިގަތުމަށް ރައީސް ގޮޓާބަޔާ މިއަދު ވީއައިއޭ އަށް ވަޑައިގެންނެވީ ފުރިހަމަ ސެކިއުރިޓީއާއެކު ސިއްރިޔާތުގަ އެވެ. ސިންގަޕޫރަކީ ރައީސް ގޮޓަބަޔާގެ ފަހު މަންޒިލް ކަން ސާފެއް ނުވެއެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ އެމްބެސަޑަރު

ސްރީލަންކާގެ އިގްތިސޯދު ހަލާކުވެ ގައުމު އަނދަވަޅަކަށް ވެއްޓިފައި ވަނިކޮށް ރަައްޔިތުން ނުކުމެ ގައުމުގެ ނިޒާމް ގެއްލުވާލުމުން ގައުމު ދޫކޮށް ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރީން އެ ފުރުސަތު ފަހި ކުރުމަށް ރާއްޖެ ވަޑައިގަތުމުގައި އިންޑިއާގެ އެއްވެސް ދައުރެއް އަދި ބައިވެރި ވުމެއް ނޯންނާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފި އެވެ.

އިންޑިއާ އެމްބަސީން ބުނީ ލަންކާގެ ރައީސް ގޮޓާބަޔާގެ ޓްރާންސިޓްގައި އިންޑިއާގެ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ބުނެ ފަތުރާ ހަބަރުތަކަކީ އަސާސެއް ނެތް އަދި ހައި ކޮމިޝަނުން ކަނޑައެޅިގެން އިންކާރު ކުރާ ކަންކަން ކަމަށެވެ. އިންޑިއާ އެމްބަސީން މިހެން ބުނި ނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ހާއްސަކޮށް އިދިކޮޅު ފަރާތްތައް ގަބޫލު ކުރާ ގޮތުގައި ގޮޓާބަޔާ ރާއްޖެ އެތެރެވާން ފުރުސަތުދީ އެ މަނިކުފާނު ފިއްލެވުމުގެ ފަހު މަންޒިލަށް ވަޑައިގަތުމުގެ ހުރިހާ އިންތިޒާމެއް ރާއްޖެ މެދުވެކޮށް ކޮށް ދިނީ އިންޑިއާއިންނެވެ.

ގައުމުން ފިއްލަވައިގެން މިދިއަ އަންގާރަ ދުވަހުގެ ރޭ މެންދަމުން ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރުގެ އެހީތެރި ކަމާއެކު ރާއްޖޭގެ ސިފައިންގެ އަސްކަރީ ތަމްރީނު މަރުކަޒު، ގިރިފުއްޓާއި އިތާފުށި ރިސޯޓުގައި 33 ގަޑިއިރު މަޑު ކުރެއްވުމަށްފަހު ރައީސް ގޮޓާބަޔާ މިއަދު މެންދުރު ރާއްޖެއިން ފުރާ ވަޑައިގަތީ ސައުދީ ގައުމީ އެއާލައިން، ސައުދިއާގެ މަތިންދާ ބޯޓެއްގައި ސިންގަޕޫރަކަށެވެ،.

ސިންގަޕޫރަށް ވަޑައިގަތުމަށް ރައީސް ގޮޓާބަޔާ މިއަދު ވީއައިއޭ އަށް ވަޑައިގެންނެވީ ފުރިހަމަ ސެކިއުރިޓީއާއެކު ސިއްރިޔާތުގަ އެވެ. ސިންގަޕޫރަކީ ރައީސް ގޮޓަބަޔާގެ ފަހު މަންޒިލް ކަން ސާފެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.