ލަންކާގެ ހާލަތު ގޯސް ވެފައި ވާއިރު ބޮޑުވަޒީރު އަދި ވަގުތީ ރަނިލް ވިކްރަމަސިންހާ ވެސް ހުންނެވީ ސިޔާސީ ގޮތުން ކަނޑީގެ މިޔަމަތީގަ އެވެ. ލަންކާގެ ސިޔާސީ ފަރާތްތަކުން ދަނީ ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާނާތް ވުމާއި ފަސާދަ ކުރުމުގެ އިތުރުން ނާގާބިލު ކަމާ ހެދި އިގްތިސޯދު އަނދަވަޅަކަށް ވެއްޓުމުން ރައްޔިތުން މަގުމައްޗަށް. ނުކުމެ ނިޒާމް ގެއްލުވާލާފައި ސްރީލަންކާގެ ހާލަތު ވަރަށް ކައިރިން ބަލަމުން ގެންދަވާ ކަމަށް އދ. ގެ ސެކެޓްރީ ޖެނެރަލް ވިދާޅު ވެއްޖެ އެވެ.
ސެކްރެޓަރީ ޖެނަލް އެންޓޯނިއޯ ގުޓަރޭސް އެހެން ވިދާޅުވެ ޓްވީޓް ކުރެއްވި އިރު ސްރީލަންކާގައި ހަމަނުޖެހުންތައް ގޯހުން ގޯހަށް ބަދަލުވެ މުޅި ގައުމުން އެކޮޅު ކޮޅުން ޖެހިގެން ދިޔައިރު ވެސް ލަންކާގެ މަސްރަހު ބަދަލު ކުރެވޭތޯ އދ. މަސައްކަތް ކޮށްދީފައެއް ނުވެއެވެ.
ލަންކާގެ 21 މިލިއަން މީހުންގެ އާބަދީ މަގުމަތިވެ ހާލުގައި ޖެހިފައި ވަނިކޮށް ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ވަނީ ގައުމު ދޫކޮށް ފިއްލަވައިގެން ދިވެހި ރާއްޖެއަށް ވަޑައިގަތުމަށް ސައުދީއާ ގެ ފްލައިޓެއްގައި މިއަދު މެންދުރު ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ލަންކާގައި އާންމުން ނިޒާމެއްގައި ހިނގާ ސަރުކާރެއް ނެތެވެ.
އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އދ. އިން ބަލަމުންދަނީ ކައިރިން ކަމަށާއި އެ މައްސަލަތަކުގެ އަސްލު ސަބަބު ބަލައި އްލު ހޯދުމަށް މަސައްކަތް ކުން މުހިއްމު ކަމަށެވެ.