ތަހުގީގަށް ހާޒިރު ކުރަނީ މއ. މަލިކުރުވާގެ، ޢަބްދުﷲ ސާޖިއު ހަސަން، 25 އެވެ. ޖަނަވަރީ 16 ވަނަ ދުވަހުގެ 10:00 އަށް އޭނާ ހާޒިރުވާން އިއުލާނުގައި އޮތެވެ.
މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ވެގެން ބަލާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވާން ފުލުހުން އާންމު އިއުލާނެއް ޖަހައިފި އެވެ.
މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ އަދި އުޅޭ ވަކިތަނެއް އާއިލާއަށް ވެސް ނޭނގޭތީ ފުލުހަށް ހާޒިރުވާން އިއުލާން ކޮށްފައި ވަނީ ގއ. ވިލިނގިލީ ފުލުހުން ބަލާ މައްސަލައެއްގަ އެވެ.
ތަހުގީގަށް ހާޒިރު ކުރަނީ މއ. މަލިކުރުވާގެ، ޢަބްދުﷲ ސާޖިއު ޙަސަން، 25 އެވެ. ޖަނަވަރީ 16 ވަނަ ދުވަހުގެ 10:00 އަށް އޭނާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާން އިއުލާނުގައި އޮތެވެ.