"ތުޅާދޫ އެއާޕޯޓު އަޅަން ދެ ހަފުތާތެރޭ ހަވާލުކުރާނެ"

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިން ހަފްތާ ތެރޭ އަޅުގަނޑުމެން އެކަން ކުރުމަށްޓަކާ ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން މިއަދު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ވަރަށް އަވަހަށް ތުޅާދޫ އެއާޕޯޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައި -- އިބޫ 2023 ގެ ކެންޕެއިން ޓީމުގެ ފޮޓޯއެއް

ބ. ތުޅާދޫގައި އަޅަން އިއުލާނުކޮށްފައި އެއާޕޯޓުގެ މަޝްރޫއު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެނޑީޑޭޓެއް ހޮވުމަށް ޕްރައިމަރީގައި ނިކުންނަވައި ރައީސް މިވަގުތު އުޅުއްވަނީ ކެމްޕޭނު ކުރައްވާށޭވެ. ކެމްޕޭނު ދަތުރުފުޅު ތެރެއިން ބ. އޭދަފުއްޓަށް ވަޑައިގެން އެއަތޮޅުގައި ތަރައްގީކުރަން ނިންމާފައިވާ ތުޅާދޫ އެއާޕޯޓުގެ އަޕްޑޭޓެއް އެމަނިކުފާނު ދެއްވާފައިވެ އެވެ. އެގޮތުން ތުޅާދޫ އެއާޕޯޓް އަޅަން ދެން އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށް ވިދާޅުވެފައިވެ އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިން ހަފްތާ ތެރޭ އަޅުގަނޑުމެން އެކަން ކުރުމަށްޓަކާ ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން މިއަދު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މެދުތެރެއަށް އެއާޕޯޓްގެ މަސައްކަތަށް ބިން ހިއްކައި އިމާރާތް ކުރަން ފެށުން ކަމަށެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް އެތަން ބޭނުންކުރެވޭ ވަރުވުން ކަމަށެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ވެސް ތުޅާދޫ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީން އެންމެ ކުރިއަށް ނެރެފައި ވަނީ އެ ވައުދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.