ދުވާފަރުގައި ކުނި މެނޭޖްކުރުމުގެ ކެމްޕޭނެއް

މި ކެމްޕޭނާއި ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މިއަދު ހަވީރު "ކުޑަކުދިންނާއިއެކު އެމްޑަބްލިއުއެސްސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

"ނަލަ ދުވާފަރު" ގެ ނަމުގައި ފެށި ކެމްޕޭނުގައި ގޭބިސީތަކަށް ޑަސްބިން ހަވާލުކުރަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ރ. ދުވާފަރުގައި ދެމުންދާ ކުނި މެނޭޖްކުރުމުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމަށް ރައްޔިތުން އަހުލުވެރި ކުރަން ކެމްޕޭނެއް ފަށައިފި އެވެ.

"ނަލަ ދުވާފަރު" ގެ ނަމުގައި އެމްޑަބްލިއުއެސްސީ އިން ފެށި މި ކެމްޕޭނުގެ މަގްސަދަކީ ދުވާފަރަކީ ސާރު ރަށެއްގެ ގޮތުގައި ބޭއްވުން ކަމަށް އެކުންފުނިން ބުނެ އެވެ.

މި ކެމްޕޭނާއި ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މިއަދު ހަވީރު "ކުޑަކުދިންނާއިއެކު އެމްޑަބްލިއުއެސްސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

"ނަލަ ދުވާފަރު" ގެ ނަމުގައި ފެށި ކެމްޕޭނުގައި ގޮނޑުދޮށް ސާފުކުރަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މި ކެމްޕޭނުގެ ތެރެއިން ކުނީގެ ބާވަތްތައް ވަކިކުރުމަށް ހާއްސަ ޑަސްބިންތަކެއް ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވިގެން ދާނެ އެވެ. އަދި ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް ޑޯ-ޓު-ޑޯ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ނިންމާލައިފައި ވަނީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމަކުން ކަމަށެވެ. މި ޕްރޮގްރާމްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ކުނުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ދުވާފަރުގެ ކައުންސިލާއި މުއައްސަސާތަކާއި އަދި ދުވާފަރުގެ ރައްޔިތުންވެސް ބައިވެރިވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.