ނަޝީދަށް މާބޮޑު ކަމެއް ނުވި، އެމްޑީޕީން ވީ ހުރިހާ ވައުދެއް ރައީސް ފުއްދައިފި: މޫސަ

މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ތިން އަހަރުން ނިމިގެންދިޔައިރު މާގިނަ ކަންކަން ކުރެވިފައެއް ނުވެއެވެ. ނަމަވެސް ނަޝީދަށް އިތުރު ދައުރެއް ހޯދަ ދިނުމަށް މުޅި ޕާޓީ އެކީ މަސައްކަތް ކޮށްފައިވެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން / މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ޖަލްސާގައި ވާހަކަ ދައްކަވަނީ

އެމްޑީޕީ އުފެއްދީ ރައްޔިތުންނަށް އެތައް ހައްގުތަކެއް ކަށަވަރު ކޮށް ދިނުމަށް ކަމަށާ އެ ޕާޓީން ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ފުދި ނިމިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން / މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ރ. މީދޫގައި އޮތް "އިބޫ 2023 - އެމްޑީޕީ ކުރިއަށް" ޖަލްސާގައި ވާހަކަ ދައްކަމުން މޫސަ ވިދާޅުވީ ކުރީން މުޅީންވެސް އިވެނީ ރައްޔިތުންގެ ޝަކުވާތައް ކަމަށާ ނަމަވެސް މިހާރު އެ ޝަކުވާތައް ނުއިވޭ ކަމަށެވެ. ބަނދަރުތައް ހެދި ފެނާއި ނަރުދަމާ އެޅި އަސާސީ ހިދުމަތްތައް ހުރީ ހަމަޖެހިފައި ކަމަށާ އެމްޑީޕީން ބޭނުންވި ލާމަރުކަޒީ ބަދަލު ގެނެސްދެއްވައިފި ކަމަށް ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުކޮށް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެނެސް ދެއްވީ ރައީސް ކަމަށް ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށްވީ ހުރިހާ ވައުދުތަކެއް މިހާރު ފުއްދިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރައްޔިތުންނަށާޓަކައި އެމްޑީޕީން ވެފައިހުރި ހުރިހާ ވައުދުތަކެއް މި އޮތީ ފުދި ނިމިފައި. އެހެންވީމަ ދެން އިތުރު މީހަކު [ވެރިކަމަށް] ގެންނަން އަޅުގަނޑުމެން ވާހަކަ ދައްކާނެ ޗާންސެއް ނެތް. ޑިމޮކްރަސީގައި މި އޮންނަނީ ދެ ދައުރު. އެހެންވީމަ އަޅުގަނޑު ހަމަ ޔަގީނުންވެސް ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ފައްޓާފައިވާ ޕްރޮޖެކްޓްތައް ނިންމާލުމަށްޓަކައި މަނިކުފާނަށް އިތުރު ދައުރޭން،"

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން / މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ޖަލްސާގައި ވާހަކަ ދައްކަވަނީ

މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ތިން އަހަރުން ނިމިގެންދިޔައިރު މާގިނަ ކަންކަން ކުރެވިފައެއް ނުވެއެވެ. ނަމަވެސް ނަޝީދަށް އިތުރު ދައުރެއް ހޯދަ ދިނުމަށް މުޅި ޕާޓީ އެކީ މަސައްކަތް ކޮށްފައިވެއެވެ. އެހެން ކަމުން ރައީސް ސޯލިހަށް އިތުރު ދައުރެން ދޭން ނުޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރެެއްވިއެވެ.

ތަޅާފޮޅުން އުފައްދަން ނޫޅޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ވާދަވެރި ރިޔާސީ ޕްރައިމަރީ ޖަނަވަރީ 28 އަށް ޝެޑިއުލް ކޮށްފައި ވާއިރު ދެ ރައީސުންގެ ކެމްޕެއިން ދަނީ ވާދަވެރިކޮށް ހިންގަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ އިންތިހާބުތެރޭ އެއްވެސް ބަޔަކަށް ހަމަނުޖެހުން އުފައްދަން ފުރުސަތު ނުދޭނެ ކަމަށެވެ.

"މި ޕާޓީ އެންމެ ނިކަމެތިވި ދުވަހު މި ޕާޓީއަށް އެންމެ މުސީބާތް ބޮޑުވި ދުވަހު އެކަމުގެ މުގުލުގައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުންވެސް އަދި ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންވެސް މި ޕާޓީގެ ތެރޭގައި ތަޅާފޮޅުން އުފައްދަން ނޫޅޭށޭ. އަޅުގަނޑުމެން ނުދޭނަން އެޖާގައެއް. އެއްގޮތަކަށްވެސް ނުދޭނަން،"

ރިޔާސީ ޕްރައިމަރީ އޮތީ ޖަނަވަރީ 28 ގައެވެ. އިންތިހާބުގައި ވާދަކުރަނީ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ރައީސް ނަޝީދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ރައީސް ސޯލިހަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.