ވ. އަތޮޅުން ފެނުނު މީހާގެ ޑީއެންއޭ ހަދަނީ، ވަގުތު ނަގާނެ: ފުލުހުން

ވާވުން ފެނުނު ފެނުނު ހަށިގަނޑު

މިދިޔަ އާދީއްތަ ދުވަހު ވ.އަތޮޅުގެ ފަޅެއް ކައިރިން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ ކަމަށް ވަގުތު ނަގާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅިގެން "މި" ނޫހުން ސުވާލުކުރުމުން ފުލުހުންގެ މީިޑިއާ އޮފިޝަލަކު ބުނީ ޑީއެންއޭ އެނަލެސިސް ހެދުމުގެ މަސައްކަތް ކު
ރިއަށް އެބަ ދާ ކަމަށާއި ނަމަވެސް އެއީ ވަގުތު ނަގާނެ ކަމެއް ކަމަށެވެ. އެކަމަކު ނަގާނީ ކިހާ ވަގުތެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އާ އަހަރު ފެށުނު ދުވަހު ފުލުހުން ބުނީ އެ ދުވަހު ހެނދުނު 9:03 އެހާކަންހާއިރު "ވެމްޕަރު" ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. -- ވާވު އަތޮޅުގައި ވެމްޕަރު ކިޔާ ފަޅެއް ނޯވެ އެވެ. ލަފާވާ ގޮތުން އެއީ އެ އަތޮޅު ވައްޓަރު ފަޅެވެ.

ވާވުގެ ސަރަހައްދަކުން މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑު ފެނުނު އިރު ތެޔޮ ބޯޓެއްގައި ފުރައިގެން ދަތުރު ކުރި ދެ މީހެއްގެ ތެރެއިން އެކެއްގެ ހަބަރެއް ނުވެގެން އަދިވެސް ހޯދަމުން އެބަ ދެ އެވެ. އެއީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން 35، އެވެ އޭނާއާއެކު ގެއްލުނު ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، މާލެތެރޭ އުޅެނިކޮށް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މަރެއްގެ ތުހުމަތުގައި ނިޒާމް ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ ދެ މަސް ޖަހައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.