ކަނޑޫދޫ ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިއްޖެ

ރާއްޖޭގެ ބައެއް ރަށްރަށުން މީގެ ކުރިން ވެސް ވަނީ މަސްތުވާތަކެތި އުފައްދަން ބޭނުންކުރާ ގަސް ވެސް ފެނިފަ އެވެ.

ކަނޑޫދޫ ގޮނޑުދޮށަށް ލެއްގި ފަތްތަކުގެ ތެރެއިން ބޮނޑިއެއް -- ކަނޑޫދޫ ކައުންސިލް

ތ. ކަނޑޫދޫ އާއި އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އޮޅުފުށިފިނޮޅުން ގޮތް ނޭނގޭ ފަތްތަކެއް ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޮތް ނޭނގޭ ފަތްތަކެއް އެ ދެ ރަށުން ފެނިގެން އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ކަމާ ގުޅޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެ ތަކެތި ބަލައި ތަހުލީލުކޮށް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހްމަދު ރީހާން "މި" ނޫހަށް ވިދާޅުވީ އެ ރަށުން ފެނުނީ ގޯންޏެއްގެ ފަތްކަމަށާއި އަދި އޮޅުފުށިފިނޮޅުން ހަތަރު ވަރަކަށް ގޯނި ފަތް ފެނިފައިވާ ކަމަށެވެ. އަދި އެ ފަތްތައް މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން އެނގުނީ ކެންޑޫ ނަމަކަށް ކިޔާ ބިޑި ހަދަން ބޭނުން ކުރާ ފަތެއް ކަމަށް. ޔަގީނެއް ނޫން،" ރީހާން ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުން މީގެ ކުރިން ވެސް ވަނީ މަސްތުވާތަކެތި އުފައްދަން ބޭނުންކުރާ ގަސް ވެސް ފެނިފަ އެވެ. ބައެއް ރަށްރަށުން މަރުޖުއާނާ ގަސް ވެސް ފެނިފައި ވެ\އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.