ނޭޝަނަލް ގާޑުން އެ ކައްބޯތަކާބެހޭ އެއްވެސް އިތުރު އިތުރު ތަފްސީލެއް ނުދެ އެވެ. އިންސާނުންގެ ހަށިގަނޑާއި ހަނޑުގެ ބައެއް ބަދަލު ކުރުމަށް ކަމާބެހޭ ސިއްހީ އިދާރާއަކުން ހާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ.
ކުރިއާ މެދުވެރިކޮށް މެކްސިކޯއިން އެމެރިކާއަށް ފޮނުވަން މަސައްކަތް ކުރި ޕެކޭޖެއްގެ ތެރެއިން އިންސާނެއްގެ ބޮލާއި ނާށިގަނޑު ހިމެނޭހެން ހަތަރު ކައްބޯ ފެނިފައިވާ ކަމަށް މެކްސިކޯގެ އޮތޯރިޓީތަކުން ބުނެފި އެވެ.
މެކްސިކޯގެ ނޭޝަނަލް ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކައްބޯތައް ފެނިފައި ވަނީ މެކްސިކޯގެ މެދުތެރޭގެ ކްއެރެޓަރޯ އިންޓަކޮންޓިނެންޓަލް އެއާޕޯޓުގެ ކާޑުފޮށިގަނޑެއްގެ ތެރޭގައި ރަނގަޅަށް އެލްމިނިއަމް ފޮއިލްގައި އޮޅާލައި ރައްކާތެރި ކަމާއެކު އެމެރިކާއަށް ގެންދާ ރެޑީ ކޮށްފައި ވަނިކޮށް ކަމަށެވެ.
އެ ޕެކޭޖް ފޮނުވާން ރާވާފައި ވަނީ މެކްސިކޯގެ ހުޅަނގު އައްސޭރިފަށުގެ މިޗޯއާކަން ސްޓޭޓުންނެވެ. އެއީ މެކްސިކޯގައި އެންމެ އަނިޔާވެރި އެއް ސަރަހައްދުގެ ގޮތުގައި މަޝްހުރު ސަރަހައްދެވެ، އެ ކައްބޯތައް ފޮނުވަނީ އެމެރިކާގެ ސައުތު ކެރޮލައިނާގެ އެޑްރެހަކަށެވެ.
ނޭޝަނަލް ގާޑުން އެ ކައްބޯތަކާބެހޭ އެއްވެސް އިތުރު އިތުރު ތަފްސީލެއް ނުދެ އެވެ. އިންސާނުންގެ ހަށިގަނޑާއި ހަނޑުގެ ބައެއް ބަދަލު ކުރުމަށް ކަމާބެހޭ ސިއްހީ އިދާރާއަކުން ހާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ. މި ކައްބޯތައް އެމެރިކާއަށް ފޮނުވުމުގައި ހުއްދަ ހޯދާފައެއް ނުވެ އެވެ.