ނަޝީދުގެ ބޭނުމަށް 20،000 މެންބަރުން ކެނޑި: މޫސަ

އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީ އޮންނަނީ މި މަހުގެ 28 ގައެވެ. ވޯޓް ލެވެނީ 57،712 މެމްބަރުންނަށެވެ.

ރީކޯ މޫސާ މަނިކު

ރައީސް މުހައްމަދު ނަޝީދުގެ ބޭނުންފުޅަށް އެމްޑީޕީން 20،000 މެމްބަރުން މީގެ ކުރީން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިއުތިރާފެއް ދެއްވައިފި އެވެ. އޭނާ އެ ޕާޓީގެ ޗެއާޕަންސަންގެ މަގާމުން އިސްތިއުފާ ދެއްވީ އޭޕްރީލް 1، 2014 އިގަ އެވެ.

ފަހަކަށް އައިސް ޓްވީޓްތައް ކުރައްވައި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރޮމޯޓްކޮށް ދެއްވަމުން ގެންދަވާ މޫސަ މިއަދު ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގައި މައްސަލަ އުފައްދައި ރައީސް ނަޝީދު ބޭނުންފުޅުވެ ވެގެން ފާއިތުވި 15 އަހަރުގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރި އެތައް ބަޔަކު ގަސްތުގަ ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ އަދި ވިދާާޅުވީ "އެފަދަ މީހުންގެ އާއިލާތައް ޕާޓީ ދޫކޮށް ދިއުމުން ޖުމްލަ 20،000 މީހުން ނަޝީދުގެ ބޭނުމަށް އެމްޑީޕީން ވަކި ކުރި." ކަމަށެވެ.

މޫސަ މިހެން ވިދާޅުވި އިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރައީސް ނަޝީދު އެންމެ ބޮޑަށް ފާހަގަ ކުރައްވަމުން ގެންދަވަނީ އެމްޑީޕީ މެމްބަރުންގެ ދަފުތަރުގެ މައްސަލަ އެވެ. އެ ދަފުތަރާ މެދު ސުވާލު އުފައްދާ ވިދާޅުވަނީ އެ ޕާޓީގެ ދަފުތަރުން 40،000 އާ ގާތްކުރާ އަދަދަކަށް މެމްބަރުން ކަނޑާލާފައިވާ ކަމަށެވެ. އަދި އެމީހުން ކަނޑާލާފައި ވަނީ އެއީ ރައީސް ސޯލިހަށް ތާއީދު ނުކުރާތީ ކަމަށެވެ.

ވާދަވެރި ރިޔާސީ ޕްރައިމަރީ އޮންނަނީ މި މަހުގެ 28 ގައެވެ. ވޯޓް ލެވެނީ 57،712 މެމްބަރުންނަށެވެ. ދަފުތަރާ ގުޅުވައި ނަޝީދު ކުރައްވާ އެ ތުހުމަތުތައް އެމްޑީޕީން ދޮގު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.