ވާވުގެ ފަޅެއް ތެރެއިން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ

ވާވުން އިންސާނެއްގެ ހަށިގަނޑު ފެނުނު އިރު ތެޔޮ ބޯޓެއްގައި ފުރައިގެން ދަތުރު ކުރި ދެ މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުން އެވެ. އެ މީހުން ދަތުރު ކުރި ބޯޓް އޮޔާ ބެހެނިކޮށް ފެނިފައި ވެއެވެ.

ވާވުން ފެނުނު ފެނުނު ހަށިގަނޑު
ވާވު އަތޮޅުގެ ފަޅެއް: ވާވު އަތޮޅަކީ ރާއްޖޭގެ އެންމެ އިރުމަތީ ސަރަހައްދު

ވ. އަތޮޅުގެ ފަޅެއް ކައިރިން އިންސާނެއްގެ ހަށިގަނޑު ފެނެއްޖެ އެވެ.

ދިވެހި ފުލުހުން ބުނީ މިއަދު ހެނދުނު 9:03 އެހާކަންހާއިރު "ވެމްޕަރު" ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. -- ވާވު އަތޮޅުގައި ވެމްޕަރު ކިޔާ ފަޅެއް ނޯވެ އެވެ. ލަފާވާ ގޮތުން އެއީ އެ އަތޮޅު ވައްޓަރު ފަޅެވެ.

އެ ހަށިގަނޑު މިހާރު ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށާއި މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މީހާގެ އައިޑެންޓިޓީ އެނގޭކަން ނޫންކަން ވެސް އަދި އެ ހަށިގަނޑުގެ އޮތް ހާލަތެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ.

ތެޔޮބޯޓުން ދަތުރުކުރި ދެމީހުން ނުފެނޭ - ވާވުގެ ސަރަހައްދަކުން މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑު ފެނުނު އިރު ތެޔޮ ބޯޓެއްގައި ފުރައިގެން ދަތުރު ކުރި ދެ މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުން އެވެ. އެއީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން 35، އެވެ.

މިދިއަ މަހުގެ 28 ގައި ވިލިމާލޭގެ ބަނދަރުން ފުރި ތެޔޮ ބޯޓެއްގައި ތިބި އެ ދެ މީހެއްގެ ހަބަރެއް ނުވެގެން ހޯދާއިރު އެ މީހުން ދަތުރުކުރި ބޯޓް ވަނީ ފެނިފަ އެވެ. މީހުނެއް ނެތެވެ. ބޯޓް ފެނިފައި ވަނީ އާޕޯޓު ނެރު ކައިރިން އޮޔާ ދަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.