ލުބުނާނުން ފުރި 232 ރެފިއުޖީން ކަނޑުވެފައި ތިއްބާ ސަމާލަތް ކޮށްފި، ދެ މަރު

ވޯލްޑް ބޭންކުން ސިފަކުރާ ގޮތުގައި މިޒަމާނުގެ ތާރީހުގައި ދިމާވި އެންމެ ނުބައި އިގްތިސޯދީ ދަތިތަކުގެ ތެރޭގައި ލުބުނާން އޮތީ ޣަރަގުވެފަ އެވެ.

ލުބާނުންގެ ފުރައިގެންދާ ރެފިއުޖީ ބޯޓެއް: ރެފިއުންޖީން ބަރާ ކުރުމުގެ ސަބަބުން ބޯޓް ފަހަރު ކަނޑުމެދަށް ބަނޑުން ޖަހާލާ ހާދިސާތައް ގިނަ

ރެފިއުޖީން އަރުވައިގެން ލުބުނާނުގެ އައްސޭރިފަށުން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި ރެފިއުޖީންނާއި ހިޖުރަވެރިންގެ ތެރެއިން ދެ މީހަކު މަރުވެ 232 މީހަކު ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފި އެވެ.

ލުބުނާނުގެ ސިފައިން ބުނާ ގޮތުގައި ވެރިރަށް ބެއިރޫތުގެ އުތުރުގައި އޮންނަ ސެލާޓާ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއަށް ފަހު މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއްގައި ކަނޑުގެ ތިން އުޅަނދަކާއި އދ. އުޅަނދުތައް ބައިވެރިވި އެވެ.

އުތުރުގެ ޓްރިޕޮލީ އަކީ ލުބުނާނުގެ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ފަގީރު ސިޓީ އެވެ. ހުކުރު ދުވަހުގެ ރޭ ދަންވަރު ލުބުނާނުގެ އުތުރުން ފުރި އެ ބޯޓުގައި ލުބުނާނާއި ސީރިއާ އާއި ފަލަސްތީނުގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ.

ސަލާމަތްވި މީހުންނާ ގުޅުން އޮންނަ ޓްރިޕޮލީގެ ރައްޔިތުން ބުނެފައި ވަނީ މަރުވި ދެ މީހުންނަކީ ސީރިއާގެ އަންހެނަކާއި ކުޑަކުއްޖެއް ކަމަށެވެ.

މީގެ ކުރިން ސިފައިން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ލުބުނާނުގެ ކަނޑުގެ ސަރަހައްދުން ނުކުންނަން މަސައްކަތް ކުރާ މީހުން އަރުވާ ބަރާ ކޮށްފައިވާ އުޅަނދު ސަލާމަތް ކުރަން ނޭވަލް ޕެޓްރޯލެއް ފޮނުވާފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުން ސިފަކުރާ ގޮތުގައި މިޒަމާނުގެ ތާރީހުގައި ދިމާވި އެންމެ ނުބައި އިގްތިސޯދީ ދަތިތަކުގެ ތެރޭގައި ލުބުނާން އޮތީ ޣަރަގުވެފަ އެވެ. އަދި ސީރިއާގެ ހަނގުރާމައިން މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން ވެސް އެ ގައުމުގެ ތެރެއަށް ދެމިގެންފައި ވެ އެވެ.

މިދިއަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ލުބުނާނުން ފުރައިގެން ދަތުރު ކުރަނިކޮށް ރެފިއުޖީންގެ ބޯޓް އަޑިއަށް ދިއުމުން ގާތްގަނޑަކަށް 100 ވަރަކަށް ހިޖުރަވެރިންނާއި ރެފިއުޖީން މަރުވެފައި ވެއެވެ. ލުބުނާނުން ފުރާ ހިޖުރަވެރިންނާއި ރެފިއުޖީން ޔޫރަޕަށް ދަތުރު ކުރާއިރު، މައިގަނޑު އެއް މަންޒިލަކީ 175 ކިލޯމީޓަރު ދުރުގައި އޮންނަ ސައިޕްރަސް އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.