ބަރެސްދޫ ޕްރޮޖެކްޓް ދެން ހިނގައިގެންފާނެ: އެމްއައިޓީޑީސީ

މި ސަރުކާރުން ވަނީ ބަރެސްދޫ ޕްރޮޖްކްޓަށް ވަރަށް ބޮޑަށް ބަދަލު ގެނެސް އާ ކޮންސެޕްޓެއް އުފައްދާފަ އެވެ.

ބަރެސްދޫ ޕްރޮޖެކްޓްގެ ޑިޒައިނެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްގެ މަސައްކަތް ލ. ބަރެސްދޫގައި ފަށައި ހިނގައިގަންނާނެ ކަމަށް މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނާން ފަށައިފި އެވެ.

މީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސުރެ ވާރުތަ ވަމުން އަންނަ ޕްރޮޖެކްޓެކެވެ. ލާމުގެ ބިމުން 72.5 ވަރަކަށް ހެކްޓަރު ނަގާ
ބަރެސްދޫގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ވެސް އުންމީދީ ޕްރޮޖެކްޓެކެވެ.

ލާމު ބަރެސްދޫ މޮޑެލްގައި

  •  ރިސޯޓާއި ބީޗް ހޮޓާ
  •  ފަތުރުވެރި ކޮމާޝަލް ޑިސްޓްރިކްޓެއް
  •  ގޮލްފް ކޯސްތައް
  •  ސްޕާތަކާއި ވޯޓާ ސްޕޯޓްސް، ޑައިވް ސެންޓަރުތަކާއި،
  •  އާކޭޑް އާއި އެގްރިކަލްޗާ ޒޯން
  •  ސިނަމާއާ ލެޝާ އެންޑް އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް

ނަމަވެސް މި ސަރުކާރުން ވަނީ ބަރެސްދޫ ޕްރޮޖްކްޓަށް ވަރަށް ބޮޑަށް ބަދަލު ގެނެސް އާ ކޮންސެޕްޓެއް އުފައްދާފަ އެވެ.

މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު / އެމްއައިޓީޑީސީ، ވިދާޅުވާ ގޮތުގައި ޕްރޮޖެކްޓް ފަށަން މިހާރު އިންވެސްޓަރުންނާއެކު މަޝްވަރާ ކުރެއެވެ. ރައީސްގެ ސޯލިހުގެ މި ދައުރު ނިމުމުގެ ކުރިން ބަރެސްދޫގައި މަސައްކަތް ހިނގާން ފަށާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.