ހޯމްސްޓޭ އިން ގްރީން ޓެކުހަށް އަދި ލިބުނީ 3،500 ރުފިޔާ

ރާއްޖޭގައި ރަސްމީ ވެގެން އެ ނަމުގައި މި ވިޔަފާރި ފުރަތަމަ ފެށީ މ. ދިއްގަރުގަ އެވެ. އޭގެ ފަހުން އެ ޓޫރިޒަމަށް ބޭރުން އެރަށަށް މީހުން ނުދާ ކަމަށް ދިއްގަރު ކައުންސިލުން ވެސް އަދި އެެން ރަށްރަށުން ވެސް ބުނަމުން ދެއެވެ.

ހޯމް ސްޓޭއަށް ފުރަތަމަ ދިޔަ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ: މިކަން ވެފައިވަނީ ފެއިލް ވިޔަފާރިއަކަށް -- ޓޫރިޒަމް

ގޭގޭގައި ޓޫރިސްޓުން ތިބޭ ގޮތަށް އަލަށް ޓޫރިޒަމް އަށް ތައާރަފުކުރި "ހޯމްސްޓޭ" އިން ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާތަނަށް ލިބުނީ 3،500ރ. އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ގްރީން ފަންޑުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމަށް އަލަށް ތައާރަފުކުރި ހޯމްސްޓޭއިން ގްރީން ޓެކްސް ދައްކަން ފަށާފައިވަނީ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މިހާތަނަށް ލިބުނު ޖުމްލަ އުޅެނީ 3,546.6ރ. އެވެ.

ހޯމް ސްޓޭއިން ދެ މަހުގެ ގްރީން ޓެކްސް

  •  އޮކްޓޫބަރު : 1,196.52ރ.
  •  ނޮވެމްބަރު : 2,350.08ރ.

މުޅި ރާއްޖޭގައި ތިން ގެ -

ގޭގައި ޓޫރިސްޓުންނަށް ތިބެވޭނެ ގޮތަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއް ވައުދެވެ. ޓޫރިޒަމް މިނިސްޓްރީން މި ވިޔަފާރި ފަށަން 111 ރަށަކަށް ފުރުސަތު ދީފައިވެ އެވެ. ނަމަވެސް މި ތަންތަނުގައި ހުރީ އެންމެ 16 އެނދެވެ. މިއީ މުޅި ތިން ގެ އެކެވެ. ފުރަތަމަ މި ވިޔަފާރި ފެށީ މ. އަތޮޅު ދިއްގަރުގަ އެވެ. މި ވިޔަފާރި ފަށަން ސަރުކާރުން ޕްލޭން ކޮށްގެން ގެނެސްދިން ޓޫރިސްޓުގެ އިތުރުން މި ވިޔަފާރިއަށް އިތުރު ބަަޔަކު މި ރަށަކަށް ނުދެ އެވެ. މި ވިޔަފާރި ފެށިއިރު ޓޫރިސްޓެއްގެ ބޮލަކަށް ކޮޓަރި ވިއްކީ 40 ޑޮލަރަށެވެ.

ހޯމްސްޓޭ - ތައާރަފުކުރެވޭނީ ހާއްސަ އިންތިޒާމު ތަކެއް ފުރިހަމަކޮށްގެންނެވެ. އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން "ހޯމްސްޓޭ" ގަވާއިދެއް ވެސް ހަދާފައިވެ އެވެ. މި ވިޔަފާރިއަށް ހުއްދަ ދޭނީ އެއް ކޮޓަރި އާއި 5 ކޮޓަރިއާ ދެމެދުގެ އަދަދެއްގެ ކޮޓަރިއަށެވެ. ކޮޓަރި ހުންނަން ވާނީ އެ ގެއެއްގެ އާންމު ތަނަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރެއް ލާފަ އެވެ. ކޮޓަރީގައި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހެ އެވެ. އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ތަންޑެއް ހަރުކޮށްފައި ހުންނަން ޖެހޭނެ އެވެ.

ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭ ގޮތަށް، ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުލެވޭ ގޮތަށް ކުޑަ ދޮރެއް ނުވަތަ ފެންލައިޓެއް ހުރުން ލާޒިމް ކޮންމެ ކޮޓަރިއެއްގައި ވަކިން ފާހާނާއެއް ހުންނަން ޖެހެ އެވެ. މީގެ އިތުރުން ކޮޓަރީގައި ދެ އެނދުން ހުންނަން ލާޒިމް ކުރާއިރު، ހޯމް ސްޓޭ ހިންގާ ފަރާތާއި ޓޫރިސްޓުންނާއި 24 ގަޑިއިރު ގުޅޭނެ އިންތިޒާމު ހުންނަން ޖެހެ އެވެ. އަދި ގޭގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ޓޫރިސްޓް މީހާ ޗެކިންވާއިރު ދޭން ޖެހޭ ގެއްލުމުގެ ބަދަލު ލިބޭ ގޮތަށް ތާޑް-ޕާޓީ ލައިބިލިޓީ އިންޝުއަރެންސެއް އޮންނަން ޖެހޭނެ އެވެ. އަދި ފަސްޓް އެއިޑް ކިޓެއް ފަސޭހައިން އަތުޖެހޭ ހިސާބުގައި އޮންނަން ޖެހޭއިރު ޕާސްޕޯޓާއި ފައިސާ އަދި އަގުހުރި ސާމާނު ރައްކާ ކުރެވޭ ފަދަ ސެކިއުރިޓީ ބޮކްސެއް ހުންނަން ލާޒިމް ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.