ތިން ފުރާޅަކަށްވާ ގޮތަށް ފަރުމާކޮށް ހިޔާ ކޮށްފައިވާ ފަސިންޖަރު ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ނިންމި ފޮޓޯއަށް ފުރިހަމަވެފަ އެވެ. ބައިލަން ރީޗެވެ.
ރީތި ރެސްޓޯރެންޓެއްހެން ހީވިއަސް އެއީ ރީތި އެއާޕޯޓެކެވެ. އެއީ އްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅޭ ގދ. އަތޮޅުގެ ފަރެސްމާތޮޑާގައި ހަދަމުން ގެންދާ ފަރެސްމާތޮޑާ އެއާޕޯޓެކެވެ. އެއާޕޯޓުގެ ބޮޑުބައެއްގައި މަސައްކަތް ނިމި އެއާޕޯޓެއްފގެ ފުރިހަމަަކަން މިހާރު ފެނެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށް ދެނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓް މަސައްކަތުގެ 85 ޕަސެންޓް ވަނީ ނިމިފަ އެވެ. ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަން މަސައްކަތްތަކުން 93 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި މުޅީން ނިމޭއިރު އެ އެއާޕޯޓުގައިު އެންމެ ފުރިހަމަކޮށް ފެނިގެން ދާނީ ޕެސެންޖަރު ޓާމިނަލެވެ.
ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ އެ ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ނިންމި ފޮޓޯއަށް ފުރިހަމަވެފަ އެވެ. ކުރިން ޝެޑިއުލް އޮތް ގޮތުން އެއީ މި އަހަރު ހުޅުވާން އޮތް އެއާޕޯޓެކެވެ. މި އަހަރުން ބާކީ ދެން އޮތީ ދެތިން ހަތަރު ދުވަހެކެވެ.