ގޮޓަބަޔާ އާއިލާއާއެކު އެމެރިކާއަށް ފުރާވަޑައިގެންފި

ގޯޓަބަޔާ ރާޖަޕަކްސާ އާއި އެކު އޭނާގެ އަންހެނުން އަޔޯމާ ރާޖަޕަކްސާ އާއި ދަރިފުޅު މަނާ ރާޖަޕަކްސާ އާއި ދަނބިދަރިފުޅާއި ކާފަދަރިފުޅު ވެސް ވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕްސާ

މިދިއަ ޖުލައި މަހު ގައުމު ދޫކޮށް ފިއްލަވައި އުޅުއްވުމަށް ފަހު އެނބުރި ލަންްކާއަށް ވަޑައިގެންނެވި ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕްސާ އާއިލާއާއެކު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މިއަދު މެންދުރު ފަހު ކުއްލި ގޮތަކަށް ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕްސާ ވަނީ އާއިލާގެ މެންބަރުންނާއެކު ލަންކާ ދޫކުރައްވާ އެމެރިކާއަށް ފުރާވަޑައިގެންފައެވެ. ސަންޑޭ ޓައިމްސްގެ ރިޕޯޓެއްގައިވާ ގޮތުގައި ގޯޓަބަޔާ ރާޖަޕަކްސާ އާއި އެކު އޭނާގެ އަންހެނުން އަޔޯމާ ރާޖަޕަކްސާ އާއި ދަރިފުޅު މަނާ ރާޖަޕަކްސާ އާއި ދަނބިދަރިފުޅާއި ކާފަދަރިފުޅު ވެސް ވަނީ އެމެރިކާ އަށް ވަޑައިގެންފައެވެ.

އެ ބޭފުޅުން ދުބާއީ މަގުން އެމެރިކާއަށް ފުރީ އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގައެވެ.

ޖުލައި މަހު ގައުމު ދޫކޮށް ފިއްލަވައި ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ. ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ދުވަސްކޮޅަކު ތައިލެންޑްގައި ހުންނެވިއެވެ. އެނބުރި ލަންކާއަށް ވަޑައިގެންނެވީ ސެޕްޓެންބަރު ހަތަރުވަނަ ދުވަހު އެވެ. ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޮޓާބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ ޖުލައި 9، 2022 ގަ އެވެ.

ފިއްލެވީ އިގްތިސޯދު ހަލާކުވެ ގައުމުން ފުން ވަޅުގަނޑަކަށް ވެއްޓުމާއި ނިޒާމްތައް އެކޮޅު ކޮޅުން ޖެހުމުގެ ސަބަބުން އުފެދުނު އާންމު ތަދުމަޑުކަމުގެ ސަބަބުން ރައްޔިތުން ރުޅި އައިސްގެން ފެށި މުޒާހަރާތަކަށް ބިރުން ޖާނުގެ ސަލާމަތަށެވެ.

ކުއްލި ގޮތަކަށް އެމެރިކާއަށް ފުރައިގެން ވަކި ހާއްސަ ސަބަބެއް ރިޕޯޓްތަކުގައި ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.