ސުނާމީއަށް ފަހު ސަރުކާރާއި ރައްޔިތުން ދިން އެއްބާރުލުމާއިއެހީތެރިކަމުގެ ސަބަބުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގަ އެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަށް ޑިސެމްބަރު 26، 2004 ގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދި، އުސް ރާޅުގެ ކާރިސާއިން ރާއްޖެއާ ދޮވެލި އެވެ. އެ ދުވަހު މީގެ 18 އަހަރު ކުރީން އެ ދުވަހުގެ ހެނދުނު 9:30 ސުނާމީ ރާޅު އަރައި ރާއްޖޭގެ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށެއް ހަލާކު ކޮށްލި އެވެ. އަދި އެ ބިޔަ ބޮޑު ރާޅާއެކު ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ.
ގެއްލުނު އެއިން އެކަކު ވެސް ނުފެނެ އެވެ. އެމީހުންގެ ބޯވެސް ގުނަނީ މަރުވި މީހުންގެ ގޮތު އެވެ.
ސުނާމީއަށް ފަހު ސަރުކާރާއި ރައްޔިތުން ދިން އެއްބާރުލުމާއިއެހީތެރިކަމުގެ ސަބަބުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގަ އެވެ.
ސުނާމީއާއެކު ރާއްޖެއަށް ސްޓޭޓް އޮފް އިމާޖެންސީ އިއުލާނުކޮށް އެހީގެ ޓާސްކް ފޯހެއް އުފައި ބެލި އިރު ސުނާމީގައި ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 460 މިލިއަން ޑޮލަރަށް ވުރެ މައްޗެވެ. ގެއްލުމާއެކު މީހުން އުޅޭ ރަށްތަކުގެ 21،663 މީހުން ވަނީ އެމީހުން ދިރިއުޅޭ ރަށް ނޫން އެހެން ރަށްތަކަށް ބަދަލު ކުރި އެވެ. އަދި 14 ރަށަކުން މީހުން މުޅިން އެއްކޮށް ހުސް ކުރި އެވެ. ސުނާމީގައި ސަބަބުން 14 ރަށަކުން އެއްކޮށް މީހުން ހުސްކުރަން ޖެހުނުއިރު 70 ރަށަކަށް ފެނާއި ކަރަންޓުގެ ޚިދުމަތްތައް ލިބުމުގައި ދަތިތަކަކާއި ކުރިމަތިވިއެވެ. އެގޮތުން 79 ރަށަކުން ސާފު ބޯފެން ނުލިބުމާއި 26 ރަށަކަށް ކަރަންޓުގެ ޚިދުމަތް ނުލިބުމުގެ އިތުރުން 24 ރަށަކުން ފޯނުގެ ޚިދުމަތްކެނޑި ހަތަރު ރަށަކުން މުއާސަލާތީ ހުރިހާ ހިދުމަތެއް ކެނޑިފައި ވެއެވެ.
ސުނާމީ އެރި އިރު ހިގަމުން ދިޔަ 87 ރިސޯޓެއްގެ ތެރެއިން 21 ރިސޯޓެއް ބަންދު ކުރަން ޖެހުނެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓު ކޮށްފައިވާއެއް ރިސޯޓަކީ ދަ ވައިޓް ސޭންޑްސް ރިސޯޓް އެންޑް ސްޕާ އެވެ.