ދަރިވަރުން ފުރަތަމަ ޓާމު ޗުއްޓީ ފަށައިފި

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުގައި ދަރިވަރުންނާއި ޓީޗަރުންނަށް ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި ލިބޭނީ ދެ ހަފްތާ އެވެ. ދަރިވަރުންނަށް ރިޕޯޓް ފޯމް ލިބުމާއެކު ގިނަ ބަޔަކު މިއަދު ޗުއްޓީއަށް ފުރާން ފަށާނެ އެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް: މިއަދު ވަނީ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށައިފައި -- މުހައްމަދު ޒައިން | މި

މި އަހަރުގެ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، މިއަދު ރިޕޯޓު ފޮތްތައް ދަރިވަރުންނާ ހަވާލު ކޮށްފި އެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުގައި ދަރިވަރުންނާއި ޓީޗަރުންނަށް ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި ލިބޭނީ ދެ ހަފްތާ އެވެ. އެހެން ކަމުން އަންނަ އަހަރުގެ އަށްވަނަ ދުވަހަކީ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭ ދުވަހެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހު އެވެ. ކޮވިޑްގެ ކުރީގައި މި ދުވަސްކޮޅަކީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ލިބޭ ދުވަސްކޮޅެވެ. އެކަމަކު މިހާރު ބޮޑު ޗުއްޓީ ލިބޭނީ އަހަރުގެ މެދު ތެރެއިންނެވެ.

ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ ނިންމުމާއެކު، ކުރިއަށް އޮތް ދުވަސްތަކަކީ ދަތުރުފަތުރު ވަރަށް ގިނަ ވާނެ ދުވަސްކޮޅެކެވެ. އެގޮތުން ޗުއްޓީއަށް ތަންތަނަށް މީހުން ފުރާނެ އެވެ. ނަމަވެސް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.