ޗައިނާގެ މިދިއަ ހަފުތާގައި ވެކްސިން ދިނުމުގެ ނިސްބަތް އިތުރު ކޮށްފައި ވެއެވެ. ކުރިއަށް އޮތް ހަފުތާތަކުގައި އޮމިކްރޮން ރާޅެއްގެ އަސަރު ހުއްޓުވުމަށް އެކަށީގެންވާ ވެކްސިން ދިނުމުގެ މަސައްކަތް ކުރަން ޖެހޭނެ އެވެ.
ޗައިނާއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ތިރިކޮށް ހިފެހެއްޓަން ކުރިޔަށް އޮތް ތަނުގައި ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ކޮށްފި އެވެ.
އެ ޖަމިއްޔާގެ ލަފާ ގުޅުވާފައި ވަނީ ޗައިނާގައި އޮތް ހަރުކަށި "ޒީރޯ ކޯވިޑް" ސިޔާސަތަށް ލުއި ދިނުމާ ގުޅިގެން ކޮވިޑަށް ޓެސްޓު ކުރުން މަދުވަމުންދާ ދިއުމަށެވެ. އަދި ޗައިނާގެ ރަސްމީ އަދަދުތައް ހާމަ ކުރާ ގޮތުގެ މައްޗަށް ބުރެވެ އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ޗައިނާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އައިސީޔޫތަކުގައި ފަރުވާދާ ކޭސްތައް ނިސްބަތުން މަދެވެ. ނަމަވެސް އަޑުތައް ހުރި ގޮތުން އެ ނަމްބަރު މަދެއް ނުވެ އެވެ.
"އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނޫން ޗައިނާގައި ކަން ހިނގާ ގޮތް ބުނެ ނުދެއެކޭއެއް. އެކަމަކު އަހަންނަށް ހީވަނީ އެމީހުން ފަރުދާއެއްގެ ފަހަތުގައިހެން.”
ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވެސް ވަނީ ޗައިނާގެ ހާލަތާ މެދު "ވަރަށް ކަންބޮޑުވާ" ކަމަށް ވިދާޅުވެފަ އެވެ.
ޓެޑްރޯސް ވިދާޅުވި އެވެ: "ޗައިނާގެ ހާލަތު ބަދަލުވަމުންދާ ގޮތާ މެދު ޑަބްލިއުއެޗްއޯ ވަރަށް ކަންބޮޑުވޭ،"
ޑަބްލިއުއެޗްއޯ އިން ބުނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދުމާއި މަރުވުން ފަދަ ކަންކަމުގައި ޑޭޓާ އެއްކުރާ ގޮތް ރަނގަޅު ކުރުމަށް ޗައިނާއާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
ޗައިނާގެ މިދިއަ ހަފުތާގައި ވެކްސިން ދިނުމުގެ ނިސްބަތް އިތުރު ކޮށްފައި ވެއެވެ. ރަޔަން ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކުގައި އޮމިކްރޮން ރާޅެއްގެ އަސަރު ހުއްޓުވުމަށް އެކަށީގެންވާ ގޮތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.