ރިސްކުތައް ހަނދާކޮށްދެމުން، އައިއެމްއެފްގެ ތައުރީފު ރާއްޖެއަށް

އައިއެމްއެފުން ވަނީ ރާއްޖޭގެ ދަރަނީގެ މައްސަލަ ފާހަގަ ކޮށްފަ އެވެ. ހަމައެއާއެކު ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް
  •  ރާއްޖޭގެ ދަަރަނި މަތިވުމަކީ ރިސްކެއް
  •  ހަރަދު ބޮޑުވުމަކީ ރިސްކެއް
  •  އެސްއީއޯ ތަކަށް ފައިސާ ޕަންޕް ކުރުމަކީ ރިސްކެއް

މިހެން ހުރި ރިކްސް، ގޮންޖެހުންތައް ހަނދާން ކޮށްދިނުމާއެކު، ރާއްޖޭގެ އިގްތިސޯދު ކޮވިޑުގެ ކުރީގެ ހާލަތަށް އެނބުރި އަންނަމުން ދަނީ ސަރުކާރު / ކަމާބެހޭ ފަރާތް ތަކުން އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބުނެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ރާއްޖެއަށް ތައުރީފެއް ކޮށްފި އެވެ.

ރާއްޖޭގެ އިގްތިސޯދުގެ ހާލަތު ބެލުމަށް ކުރި ޒިޔާރަތަކަށް ފަހު އައިއެމްއެފް އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން 2020 ގައި ޓޫރިޒަމް ދުވަހު ނުދާ ވަރަށް ދަށަށް ވެއްޓު އިގްތިސޯދީ ދުވެލި 33.5 ޕަސެންޓަށް ވެއްޓުނު ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ޖީޑީޕީ 37 ޕަސެންޓަށް ވަރަށް ބޮޑަށް ވުރެ މައްޗަށް ޖެހިލާފައިވެ އެވެ. އެކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

މުޅި ދުނިޔެ އޮތީ އިންފްލޭޝަންގެ "ރާޅެއް" ގެ މެދުގަ އެވެ. އެހެންވެ ރާއްޖެ އަށް ވެސް މުދަލުގެ އަގު މައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެފައިވާކަން އައިއެމްއެފް އިން ފާހަގަ ކޮށްފައި ވެއެވެ. ހަމައެއާއެކު މުދަލުގެ އަގު މަތިވުމުގެ މައްސަލަ އެހެން ގައުމުތަކަށްވުރެ ރާއްޖޭގައި ކުޑަކަން ވެސް ފާހަގަ ކޮށްފައި ވެއެވެ. މީގެ ސަބަބެއް ކަމަށް އެ ޖަމިއްޔާ އިން ބުނީ ސަރުކާރުން ދޭ ސަބްސިޑީގެ ސަބަބުން އަގުތައް ހިފައްޓަން އަޅާ ބާރެވެ.

2023 ގައި ޖީޑީޕީ ކުރިއެރުން 6.6 ޕަސެންޓުގައު

އައިއެމްއެފުން ގަބޫލު ކުރާ ގޮތުގައި މިއަހަރު ގައުމީ އުފެއްދުންތެރިކަމުގެ އެވްރެޖު ނިސްބަތް ނުވަތަ ޖީޑީޕީ ކުރިއެރުން ހުންނާނީ 10.5 ޕަސެންޓުގަ އެވެ. އަދި އަންނަ އަހަރު އިގްތިސޯދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާ ކުރަނީ 6.6 ޕަސެންޓުގަ އެވެ.

އައިއެމްއެފް އިން ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް މަރުހަބާ ވެސް ކިޔާފަ އެވެ. އެގޮތުން ޓީޖީއެސްޓީ އާއި ޖީއެސްޓީ ރޭޓްތައް ބޮޑު ކުރުން ފާހަގަ ކޮށްފައިވެ އެވެ. އަދި މި ރިޕޯޓުގައި އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އަވަސް ކުރަން ލަފާދީފައިވެ އެވެ. އެއް ކަމަކީ ދަރަންޏަށް ޒިންމާވުމުގެ ގާނޫނަށް ގެންނަ އިސްލާހު އަވަސް ކުރުމެވެ.

އެ ޖަމިއްޔާ އިން ގަބޫލު ކުރާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ އަގު ބޮޑުވާ މިންވަރު ހުންނާނީ 4.9 ޕަސެންޓުގަ އެވެ. އެކަމަކު ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި ބުނަނީ އަންނަ އަހަރުގެ އިންފްލޭޝަން ހުންނާނީ ފަސް ޕަސެންޓުގަ އެވެ.

ދަރަނީގެ ބުރަ ރިޒާވަށް

އައިއެމްއެފުން ވަނީ ރާއްޖޭގެ އާމްދަނީ މަތިވި ނަމަވެސް ދަރަނި މަތިކަން ފާހަގަ ކޮށްފަ އެވެ. އަދި ދަރަނިމަތިވުމުގެ ސަބަބުން އެގޮތުން ރާއްޖޭގެ ދަރަނި "ޑަބަލް ޓިޖިޓް" ދެ އަކަރުގެ އަދަދެއްގައި ހުރިއިރު، ކެޕިޓަލް ހަރަދުތައް މަތިވުމުގެ މައްސަލަ ފާހަގަކުރި އެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ ސިޔާސަތު ކޮންސޮލިޑޭޓުކޮށް ހަމަޖެއްސުމަށްޓަކައި މިހާރަށްވުރެ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމާއި ބޭރުގެ ދަރަނި މެނޭޖު ކުރުމުގައި މިހާރަށްވުރެ އަވަސް ފިޔަވަޅު ތަކެއް ތަންފީޒު ކުރަން ޖެހޭކަން ފާހަގަކޮށްފައިވެ އެވެ. އަދި ދަރަނި މަތިވުމުގެ ބުރަ ރިޒާވަށް ކުރާކަން ފާހަގަކޮށްފައިވެ އެވެ.

އައިއެމްއެފް ރިޕޯޓްގެ ހުލާސާ

  •  އިންފްލޭޝަންގެ އަސަރު ކުރާނެ، އެކަމަކު ކުރާ އަސަރު ކުޑަ
  •  ދަރަނީގެ މައްސަލަ ފާހަގަ ކޮށްފައިވޭ
  •  ކެޕިޓަލް ހަރަދު ބެލެހެއްޓުން ހަރުދަނާ ކުރަން ލަފާދޭ
  •  ދަރަނި މެނޭޖު ކުރުން ހަރުދަނާ ކުރަން ޖެހޭ
  •  ދަރަނީގެ ބުރަ ރިޒާވަށް ކުރޭ

ދަރަނީގެ މައްސަލައިގެ މައްޗަށް އިތުރަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދައުލަތުގެ ކެޕިޓަލް ހަރަދު މިހާރަށްވުރެ ރަނގަށްވުރެ ބަލަހައްޓަން ލަފާ ދީފައިވެ އެވެ. މިއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަށް ހިންގަން ކުރިއަށް އޮތްތަނުގައި ވެސް ބަޖެޓުން ފައިސާ ޕަންޕް ކުރަން ޖެހޭނެތީ މިއީ ކުރިމަތިވާނެ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.