ޓޫރިޒަމް އަހަރުގެ ޓާކެޓް ހާސިލްކޮށް 1.6 މިލިއަން ހަމަކޮށްފި

މިދިޔަ އަހަރު ރާއްޖެ އައީ 1.3 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު ހިފި ޓޫރިޒަމް އެރައިވަލްސްގެ އަމާޒަށް ވާސިލުވެވި މިއަދު މިވަނީ 1.6 މިލިއަން ހަމަވެފަ އެވެ. އެ ހާއްސަ މެހުމާނަކަށްވީ ރާއްޖެއަށް އަލަށް ޒިޔާރަތް ކުރި އިންޑިއާ ފިރިހެނެކެވެ.

މިއަދު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓް، އިންޑިއާގެ ތޭޖާސް ސަންޖޭ އޭނާގެ އަންހެންނާއެކު މިއަދު ވީއައިއޭގައި -- ޒައިން | މި

ޓޫރިޒަމަށް ބައި ގަރުނު ފުރުނު މި އަހަރަށް ކަނޑައެޅި ޓޫރިޒަމް ޓާގެޓް 1.6 މިލިއަނުގެ އަމާޒު މިއަދު ހަމަ ވެއްޖެ އެވެ. މި މުހިންމު އަދަދުގެ އެ ނަމްބަރު ހަމަކޮށް ދިނީ އިންޑިއާގެ ޒުވާނެކެވެ. އެ ހާއްސަ ޓޫރިސްޓަކަށްވީ އިންޑިއާ ތޭޖާސް ސަންޖޭ ކޮތާރީ 27، އެވެ. އޭނާ އަލަށް މިއަދު ރާއްޖެ އާއި އޭނާގެ ޒުވާން އަނބިމީހާއާއެކު ހަނީމޫނަށެވެ.

"އަހަރެން މިހުރީ ވަރަށް އުފާވެފައި، މިއީ ވަރަށް ބޮޑު ސަޕްރައިޒެއް، ވަރަށް ރީތި ގައުމަކުން ލިބުނު ވަރަށް ބޮޑު އުފާވެރި ކަމެއް،" އޭނާ ބުންޏެވެ.

ރާއްޖޭން 1.6 މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމް އާއި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވަޑައިގަތެވެ.

އިންޑިއާގެ ޒުވާނާ ބުނީ އާދަޔާހިލާފު ރީތި ގައުމަކަށް އޭނާ އައުމާއެކު ލިބުނީ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށާއި އެއީ އޭނާ ހީކޮށްގެން ހުރިފަދަ ކަމެއް ނޫން ކަމަށެވެ.

މިއަދު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓް، އިންޑިއާގެ ތޭޖާސް ސަންޖޭ އާއި އަންހެންނާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވީއައިއޭގައި -- ޒައިން | މި
1.6 މިލިއަނަށް ދިވެހިން ކުރި ދަތުރު ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރުގެ މާޗް މަހު ބަންދު ކުރުމާއެކު ޓޫރިޒަމް ހުރިހާ ހަރާކާތްތަކެއް ހުއްޓިގެން ދިޔަ އެވެ. ނަމަވެސް އެ އަހަރު ރާއްޖެއަށް ބައި މިލިއަން މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް މެނޭޖު ކުރަން ޓޫރިޒަމް އިންޑަސްޓްރީއާއެކު ހިންގި "އޮޕަރޭޝަން ކޮވިޑް މެނޭޖު" ގައި ޓޫރިޒަމް ވިޔަފާރިތަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދީފައިވެ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން 17 ބިލިއަން ރުފިޔާގެ ރިސޯޓު ބިމުކުލި ސަރުކާރުން ވަނީ ފަސްކޮށްދީފަ އެވެ. މީގެ އިތުރުންވެސް ގެސްޓްހައުސް ސިނާއަތް ކުރިއަރަމުން ބިލިއަނެއްހާ ރުފިޔާގެ ލޯނު ދިނެވެ.

މި ހުރިހާ މަސައްކަތްތަކާއެކު ޖެހިގެން އައި 2021 ވަނަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޖެހިގެން އަދި މި އަހަރުގެ ރިޔާސީ ބަޔާނުގައި 1.6 މިލިއަންގެ ޓާގެޓެއް ދިނުމާއެކު އެމްއެމްޕީއާރުސީ އިސްވެ އޮވެ އިންޑަސްޓްރީއާއެކު މަސައްކަތް ފެށި އެވެ. ރާއްޖެ ޕްރޮމޯޓް ކުރަން ހިންގި ގިނަ ހަރަކާތްތަކާއެކު މިއަދު މިވަނީ ޓާގެޓަށް ވާސިލްވެފަ އެވެ.

މިއަދު މި އަހަރުގެ އަމާޒު ހާސިލުވި އިރު ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރަން އެމްއެމްޕީއާރްސީ އާއި ސިނާއަތުން ގިނަ މަސައްކަތްތެއް ކުރި އެވެ. ރާއްޖެއިން ވަނީ މިއަހަރު "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" ގެ އެވޯޑް ވިދިވިދިގެން ތިން ވަނަ ފަހަރަށް ހޯދާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.