ރާއްޖެއިން ކޮވިޑް މެނޭޖްކުރީ ވަރަށް ރަނގަޅަށް

ރާއްޖެއިން ކޮވިޑް-19 އަށް ފަހު ސިއްހީ ކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަންވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް ރާއްޖެއިން މެނޭޖް ކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ ޕޫނަމް ކެތްރަޕާލް ސިންގް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނި ގޮތުގައި އެކަމަނާ ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް ރާއްޖެއިން މެނޭޖް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފަހު ސިއްހީ ކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަންވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ. އެކަމަނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ހަރަދު ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ވަނީ އެކަމަނާ އަކީ ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.