ކާބުލްގައި ތެޔޮ ޓޭންކަރެއްގައި ރޯވެ 19 މީހުން މަރުވެއްޖެ

އަލިފާނަށް ފަހު ސަރަހައްދު ބަންދުކޮށް މީހުން ދެނެ ގަތުމުގެ މަސައްކަތް ކުރާއިރު ފެންނަ މީހުން ހޮސްޕިޓަތަކަށް ފޮނުމުގެ މަސައްކަތް ވެސް ކުރެއެވެ.

އަލިފާން ރޯވި ސަރަހައްދު: މިހާރު ދަނީ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން

އަފްޣާންގެ އުތުރުގެ ޕަރްވާންގައި ތެޔޮ އުފުލާ ޓޭންކަރެއްގައި އަލިފާން ރޯވެ 19 މީހުން މަރުވެ، 32 މީހަކު ޒަހަމް ވެއްޖެ އެވެ. މަރުވި އަދި ފިހުނު މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ޓޭންކަރު ދަތުރު ކުރީ ފަރުބަދަމަތީ ސަރަޙައްދެއްގައި އޮންނަ އަދި ކާބުލް ގުޅައިދޭ މައި މަގުގަ އެވެ. އަލިފާނުގެ ހާދިސާ މި މަގު އޮންނަނީ ފަރުބަދަމަތީން އުހުގަ އެވެ. ޕަރްވާންގެ ސަލަންގް ޕާސް ހުރަސްކޮށް ވެރިރަށް ކާބުލްއާ ދިމާއަށް ދިޔައިރު އެ ޓޭންކަރު ރޯމުވުމުގެ ކުރީން ވަނީ ފޮރުޅާލާފަ އެވެ. އޭ ފަހުން ރޯވި އަލިފާގަނޑު ވަރަށް ބޮޑަށް ފެތުރި އެހެން ވެހިކަލްތަކުގައި ވެސް ހިފި އެވެ.

ޓޭންކަރުގައި ރޯވެގެން ފެތުރުނު އަލިފާނުގައި ގިނަ ބަޔަކު މަރުވެފައި ވަނީ ފިހިގެނެވެ. އަދި ބައެއް މީހުން ސަލާމަތްވާ އުޅުމުގެ ތެރޭގައި ތާށި ވެގެނެވެ.

އަލިފާނަށް ފަހު ސަރަހައްދު ބަންދުކޮށް މީހުން ދެނެ ގަތުމުގެ މަސައްކަތް ކުރާއިރު ފެންނަ މީހުން ހޮސްޕިޓަތަކަށް ފޮނުމުގެ މަސައްކަތް ވެސް ކުރެއެވެ. މިއީ މީގެ ކުރީން ވެސް ހާދިސާތައް ހިނގާފައިވާ މަގެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.