10 ރަށެއްގެ ސެން ކްލާހަށް ބީއެމްއެލް އިން ތަކެތި ހަދިޔާކޮށްފި

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވެސް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ތަކެތި ހަދިޔާ ކޮށްފަ އެވެ.

ބޭންކުގެ މުވައްޒަފަކު ސެން ކްލާހެއްގެ ދަރިވަރަކާއެކު: ބޭންކުން މިފަދަ ކްލާސްތަކަށް އެހީވެދޭ -- ބީއެމްއެލް

ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަކެތި ހަދިޔާ ކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން އެހީވާން ހަދިޔާ ކުރި ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.

ތަކެތި ހަދިޔާ ކުރިސްކޫލްތަކަކީ

  •  މުލަކު ސްކޫލް
  •  މަރަދޫ ސްކޫލް
  •  މާވަށު ސްކޫލް
  •  ވޭމަންޑޫ ސްކޫލް
  •  ގއ. އެޑިއުކޭޝަން ސެންޓަރު ގއ. ވިލިގިނލި
  •  ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރު، ތ. ތިމަރަފުށި
  •  ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
  •  ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ
  •  ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރު، ނ. ވެލިދޫ
  •  ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު

ބޭންކްގެ އެ އެހީތެރިކަމާއެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 260 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ވޭތުވެދިޔަ ތިން އަހަރު ތެރޭ ބީއެމްއެލް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ތަކެތި ހަދިޔާ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.