އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް، ކެމްޕެއިން ފަށަނީ

ޝިދާތާ ވިދާޅުވީ ރިޔާސީ ޓިކެޓް ހަވާލު ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކަށް ފަހު ތާރީހެއް ވަރަށް އަވަހަށް ކަނޑައަޅާ ކެމްޕެއިން ފަށާނެ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެެއްވުމަށް ފޯމް ހުށައަޅުއްވާފައި ވަނީ އެ ޕާޓީގެ ރައީސް / ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަނި ކަމުން ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ނާޒިމަށް ލިބިވަޑައިގެންފި އެވެ.

އެމްއެންޕީގެ ތަރުޖަމާން ޝިދާތާ ޝަރީފް މިއަދު ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ވަގުތު މިއަދު މެންދުރު 2:30 އަށް ހަމަވިއިރު ފޯމް ހުށައަޅުއްވާފައި ވަނީ ނާޒިމް އެކަނި ކަމަށެވެ. އެހެން ކަމުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވަން ނިންމާފައިވާ ކަމަށެވެ.

"އިތުރު ބޭފުޅަކު ކުރިމަތި ނުލައްވާތީ ޕާޓީގެ ޓިކެޓް އަޅުގަނޑުމެންގެ ރައީސް [ނާޒިމް] ވަނީ ކަށަވަރު ކުރައްވާފައި،"

ޝިދާތާ ވިދާޅުވީ ރިޔާސީ ޓިކެޓް ހަވާލު ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކަށް ފަހު ތާރީހެއް ވަރަށް އަވަހަށް ކަނޑައަޅާ ކެމްޕެއިން ފަށާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރެވުނު އެމްއެންޕީން ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރަން ނިންމާ އެކަން އިއުލާނު ކޮށްފައެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ނާޒިމް އެކަންޏެވެ. އެމްއެންޕީގެ ޓިކެޓް ލިބިވަޑައިގެންފިނަމަ ފަހަތަށް ޖެހިވަޑައިނުގެން އެހެން ކެންޑިޑޭޓުންނާއި ވާދަކުރައްވާނެ ކަމަށް ދާދި ފަހުންވެސް ނާޒިމް ވިދާޅުވިއެވެ.

"އެއްވެސް ބޭފުޅެއްގެ ހިތުގައި ޝައްކު ކަމެއް ބާއްވާނެ ކަމެއް ނެތް. މި ޕާޓީގެ މެންބަރުން ކުރިއަށް އޮތް ދެތީން މަސް ދުވަހުގެ ތެރޭގައި ބާއްވާ ޕްރައިމަރީން އަޅުގަނޑަށް އެ ޓިކެޓް [އެމްއެންޕީގެ ރިޔާސީ ޓިކެޓް] ދީފިނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން 2023 ކަރުދާސްކޮޅުގައި އޮންނާނެ. ޝައްކު ނުކުރައްވާ އެކަމަށް އިނގޭތޯ،" ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.