ކާބުލުގެ ހޮޓަލަކަށް ހަމަލާދީ ތިން މީހަކު މަރާލައި ބަޔަކު ޒަހަމްކޮށްލައިފި

ތޯލިބާނުންގެ ސަރުކާރުގެ ތަރުޖަމާނު ޒަބީއުﷲ މުޖާހިދު ވިދާޅުވި ގޮތުގައި ލޮންގަން ހޮޓަލުގައި ތިބި ހުރިހާ މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ.

ހަމާލާ ދިން ލޮންގަން ހޮޓާ: މިއީ ޗައިނާގެ ވިޔަފާރިވެރިންގެ ވަރަށް މަގުބޫލު ހޮޓަލެއް

ތޯލިބާނުންގެ މައްޗަށް ވެރިކަން ފުރޮޅިފައިވާ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮޓަލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެގަނެ ދިން ހަމަލާތަކެއްގައި ތިން މީހަކު މަރާލައިފި އެވެ. އަދި އަފްޣާނިސްތާނުގައި ގާއިމުވެ ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕަކުން ވަނީ ހަމަލާއާ ހަވާލުވެފަ އެވެ.

ކާބުލް ލޮންގަން ހޮޓަލަށް ދިން ހަމަލާގައި ހޮޓަލުގެ ތެރޭގައި ބާރުގަދަ އެއްޗެހިތަކެއް ގޮވާފައި ވެއެވެ. އަދި އެ ހަމަލާތާއެކު އެކީގައި ތޯލިބާނުންގެ ފުލުހުން ވަނީ އެ ސަރަޙައްދު ބަންދު ކޮށް ފިޔަވަޅު އަޅާއި މީހުން ސަލާމަތް ކުރަން މަސައްކަތް ކޮށްފައެވެ.

ލޮންގަން ހޮޓަލަކީ ޗައިނާގެ ހާރިޖިއްޔާގެ އިސް ޑިޕްލޮމޭޓުންނާއި ވިޔަފާރިވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. އެތަނާ ވަރަށް ކައީގައި އިޓަލީގެ ޖަމިއްޔާއަކުން ންގާ ހޮސްޕިޓަލަކަށް 30 އަށް ވުރެ ގިނަ މީހުން ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި އައިއެސް ހަމަލާއާ ހަވާލުވެފައި ވާއިރު އެ މީިހުންގހެ ހަތިޔާރުއެޅި ގުރޫޕުގައި ހިމެނޭ ތިން މީހަކު މަރާލައި އެކަކު މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ތޯލިބާނުންގެ ސަރުކާރުގެ ތަރުޖަމާނު ޒަބީއުﷲ މުޖާހިދު ވިދާޅުވި ގޮތުގައި ލޮންގަން ހޮޓަލުގައި ތިބި ހުރިހާ މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ. މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމެއްގެ އެއްވެސް މީހަކު ނުހިމެނު ނަމަވެސް ބޭރުގެ ދެ މީހަކު ޒަޚަމުވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.