ފައިސަލްގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގައި

ފުލުހުން ރޭ ބުނީ ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ރޭ 11:15 ހާއިރު ފެނިފައިވާ ކަމަށެވެ.

ނިޝާމާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަލީ: އޭނާ ދަންޖެހިގެން ދަނީ ފަރުވާ ދެމުން

ހދ. ނޮޅިވަރަމުގައި މިދިއަ ހޮނިހިރު ދުވަހު މެންދުރު މާރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު 28، ގެ ފިރިމީހާ އަބޫބަކުރު ފައިސަލް ޖަލުގައި ދަންޖެހެން މަސައްކަތް ކުރުމާ ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު މޫސާ މިއަދު ވިދާޅުވީ ފައިސަލްގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އޭނާ ނުދެއްވަ އެވެ.

ފުލުހުން ރޭ ބުނީ ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ ފައިސަލް ބަންދު ކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ރޭ 11:15 ހާއިރު ފެނިފައިވާ ކަމަށެވެ. ވަގުތުން އޭނާ ގެންދިޔައީ އޭނާ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އާއި އެންއައިސީއަަށް ހުށައަަޅައިގެން ބަލަމުންދާ ކަމަަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފައިސަލް ދަންޖެހުނު ކަމަށް ރިޕޯޓުކުރި ހަބަރު

ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ފައިސަލް ހުރީ ކުޅުދުއްފުއްޓަށް ގޮހެވެ. އޭނާ އެރަށު ޕޮލިސް ސްޓޭޝަނަށް ދިޔައީ އަމިއްލައަށް ކަމަށެވެ އެވެ. އެކަމަކު ފަހުން ފުލުހުން އޭނާ ހައްޔަރަށް ގެނައީ ކޯޓު އަމުރެއް ހޯދައިގެންނެވެ. އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެ އެވެ.

ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. ފުލުހުން ކުރިން ބުނެފައި ވަނީ އޭނާގެ ހަށީގަނޑު ޕޯސްޓްމޯޓަމަށް ފޮނުވަން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.