ޝިދާތާ ވިދާޅުވީ މައްސަލަތަކާމެދު މަޖިލީސް މިހާރު ކަންބޮޑުނުވާ ކަމަށް

ޝިދާތާ އެ އިޝާރާތް ކުރައްވަނީ ޖެންޑާ މިނިސްޓަރު ކަމުގައި އެކަމަނާ ހުންނެވި ދުވަސްވަރު ހިނގާދިޔަ ބައެއް ކަންކަމާއި ގުޅުވާ އެކަމަނާ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ / މަޖިލީހުގެ މެޖޮރިޓީ އޮތް އެމްޑީޕީން ކުރި މަސައްކަތަށެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު / މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާން ޝިދާތާ ޝަރީފް

ރަހުމްކުޑަ މަރުގެ މައްސަލަތަކާއި ކުޑަކުދީންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކާއި ބައެއް އަންހެނުން ތަޖުރިބާ ކުރަން ޖެހިފައިވާ ގެވެށި އަނިޔާގެ މައްސަލަތަކަަށް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަން ގެއްލި އެފަދަ ކަންކަން އެ މަޖިލީހަށް މިއަދު ބޮޑުކަމަކަށް ނުވާ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު / މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ ހދ ނޮޅިވަރަމްގައި އަންހެނަކު މަރުވި / މަރާލި މައްސަލަ އާއި އެގާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރައްވައެވެ. އެކަމަނާ ވިދާޅުވީ ޖެންޑާ މިނިސްޓަރު ކަމުގައި ކޮންމެ މީހަކު ހުއްޓަސް މިފަދަ މައްސަލަތަކަކީ މިހާރުން މިހާރަށް ހައްލުވާން ޖެހޭ މައްސަލަތަކެއް ކަމަށެވެ.

އަދި ވިދާޅުވީ ހިތާމަ އަކީ މިއަދު މި ކަންކަން މަޖިލީހުގެ ކަންބޮޑުވުމަކަށް ނުވާ ކަމަށެވެ.

ޝިދާތާ އެ އިޝާރާތް ކުރައްވަނީ ޖެންޑާ މިނިސްޓަރު ކަމުގައި އެކަމަނާ ހުންނެވި ދުވަސްވަރު ހިނގާދިޔަ ބައެއް ކަންކަމާއި ގުޅުވާ އެކަމަނާ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ / މަޖިލީހުގެ މެޖޮރިޓީ އޮތް އެމްޑީޕީން ކުރި މަސައްކަތަށެވެ. ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ތުހުމަތުކޮށް ޝިދާތާ ވަކިކުރަން ފެބްރުއަރީ 5، 2020 ގައި އެމްޑީޕީން ނިންމިއެވެ. އެއީ މަޖިލީހަށް އިތުބާރު ނެތް މައްސަލައެއް ހުށައަޅައިގެންނެެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު ޝިދާތާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެމްޑީޕީން ތުހުމަތު ކުރި ކަމަށް ކަމަށް ރައްދު ދެއްވާ އެކަންކަމާއި އެކަމަނާއާ ގުޅުމެއް ނެތް ކަމާއި މައްސަލަތައް ހައްލު ކުރައްވަން ކުރެއްވި މަސައްކަތްތައް ހާމަކޮށް ތަފްސީލު ކޮށްދެއްވިއެވެ. ކުޑަކުދީންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިދުމަތް ކުރުމުގައިވެސް ޝިދާތާ ކުރީން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

އެކަމަނާ މަގާމުން ވަކިވެވަޑައިގެން ފަހުންވެސް އަންހެނުންނާއި ކުޑަކުދީންނާއި ގުޅުންހުރި ބޮޑެތި / ސީރިއަސް މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ. އެފަދަ މައްސަލަތައް އިތުރުވަމުންދާއިރު ޖެންޑާގެ މާ ބޮޑު ދައުރެއް / މަސައްކަތެއް ނުފެނެއެވެ. ނަމަވެސް އެކަންކަން މަޖިލީހުގެ ސަމާލު ކަމަކަށް މިހާރު ނާދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.