ނިލަންދޫ އާސާރީ މަހާނަގާތައް ތަޅައި ބިމާ ހަމަކޮށްފި

ތާރީހު ބުނާ ގޮތުން ނިލަންދޫ އާސާރީ މިސްކިތަކީ ދަރުމަވަންތަ ރަސްގެފާނު ބިނާ ކުރެއްވި މިސްކިތެކެވެ.

ނިލަންދޫ އާސާރީ މިސްކިތު ގޯތި ތެރޭގައި ހުރި މަހާނަގާތަކަށް ގެއްލުން ދީފައި

ފ. ނިލަންދޫ އާސާރީ މިސްކިތު ގޯތި ތެރޭގައި ހުރި ދުވަސްވީ މަހާނަ ގާތަކަށް ބަޔަކު ގެއްލުންދީ ހަލާކު ކޮށްލައިފި އެވެ.

ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު "މި" ނޫހަށް ބުނި ގޮތުގައި މަހާނަ ގާތަކަށް ގެއްލުން ދީފައިވާ ކަން އެނގުނީ މިއަދު މެންދުރު ކުރީ 11:50 ހާއިރު އެވެ. ކައުންސިލުން ގޮސް ބެލިއިރު 11 ގަލަކަށް ވަނީ ގެއްލުން ދީފަ އެވެ.

"ދެ ބުރިއަށް ތިން ބުރިއަށް ބިންދާފައި. އެހެންވީމަ ބޮޑަށް ބެލެވެނީ މިއީ ބަޔަކު، މީހަކު ގަސްތުގައި ދީފައިވާ ގެއްލުމެއް،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރީ ކޮން ބައެއްކަން ކައުންސިލަށް ވެސް ރަށު މީހަކަށްވެސް ނޭނގެ އެވެ. ނަމަވެސް ގާތަކަށް ގެއްލުން ދީފައި ވަނީ މިއަދު ހެނދުނާއި މެންދުރު ކުރީގެ ވަގުތެއްގަ އެވެ.

ނިލަންދޫ އާސާރީ މިސްކިތު ގޯތި ތެރޭގައި ހުރި މަހާނަގާތަކަށް ގެއްލުން ދީފައި

"އެކަން ޔަގީން ކުރެވޭ ކަމަކީ ގަބުރުސްތާނުގައި ހުންނަ މި މިސްކިތަށް ފަތިސް ނަމާދަށް ދިޔަ މީހުން ބުނޭ އެ މީހުން ފައިބައިގެން ދިޔައިރު ވެސް އެެފަދަ ކަމެއް ފާހަގައެއް ނުކުރެވޭ. އަނެއްކާ އެތަން ކުނިކަހާ މުވައްޒިފުވެސް ބުނި ހެނދުނު ސާފުކޮށްފައި ދިޔައިރު މަހާނަތަކަށް އެއްވެސް ގެއްލުމެއް ލިިބިފައެއް ނެތޭ،"

އެ ސަރަހައްދަށް އެންމެ ފަހުން ވަދެ އުޅުނީ އެ އަތޮޅުގެ ރަށެއްގެ ސުކޫލު ދަރިވަރުންނާއި އެ ދަރިވަރުންނާއި ހަވާލުވެގެން ނިލަންދޫއަށް އައި ބައެއް ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް އެ މީހުންގެ ފަރާތުން އެފަދަ ގެއްލުމެއް ދީފައި ހުރެދާނެ ކަމަށް ނުބެލެއެވެ.

މައްސަލަ މިހާރު އޮތީ ޕޮލިހުގައެވެ. ފުލުހުން ވަނީ އެ ސަރަހައްދު ކޯޑަންކޮށް ނުވަދެވޭ ގޮތް ހަދާފައެވެ. ތާރީހު ބުނާ ގޮތުން ނިލަންދޫ އާސާރީ މިސްކިތަކީ ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.