އެކްސިޑެންޓަކުން 10 ދުވަހުގެ ކޯމާއެއް: ހިތްދަތި ވަކިވުމެއް!

އޭނާ ދަންނަ މީހުން ސިފަ ކުރަނީ މިހެނެވެ: އަލްތާފްއަކީ އެންމެންނާ ގުޅޭ ހިތްހެޔޮ މީހެކެވެ. އަބަދުވެސް އެހީވާ އެހީތެރިއެކެވެ. ވަރަށް ރަނގަޅު އެކުވެރިއެކެވެ. އޭނާ ވަކިވެއްޖެ ކަން ގަބޫލެއް ނުކުރެވެ އެވެ.

އަބްދުﷲ އަލްތާފް ލަތީފް: އޭނާ ވަކި ވެގެން ދިޔައީ އެކްސިޑެންޓެއް ވުމަށްފަހު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް

ޒުވާން އުމުރުގެ، ވިހި ބާވީހުގައި މަރުވި ހަބަރު ލިބުމުން އެންމެނަށް ވެސް އަދި އެ ޒުވާނެއްގެ އާއިލާ އާއި އެކުވެރިންނަށް އެކަން ގަބޫލު ކުރަން ދަތިވެ އެވެ. ނ. ވެލިދޫއަށް އުފަން އަބްދުﷲ އަލްތާފް ލަތީފް، އޭނާގެ އުމުރުން 22 އަހަރުގައި ދުނިޔެ އަޅައި ދިޔައީ އެކްސިޑެންޓަކަށް ފަހު ހޭނަރައި، ކޯމާއެއްގައި 10 ދުވަހު އޮތުމަށް ފަހު އެވެ. އަލްތާފު މަރުވީ ރޭ ފަތިހު އެވެ. އެކަން ވީ ހިތްދަތި ވަކިވުމަކަށެވެ. ހިތާމަވެރި ހަބަަރަކަށެވެ. އަދި އެކަން ގަބޫލެއް ނުކުރެވެ އެވެ.

ވެލީދޫއަށް އުފަން އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (ވެލިދޫ މޯޑް) / ކުރީގެ ނޫސްވެރިޔާ ވިދާޅުވި ގޮތުގައި އަލްތާފަކީ އެކުގައި އުޅުނު ގާތް އެކުވެރި އެކެވެ. އޭނާ އެކްސިޑެންޓްވެ ހޭ ނާރައި ދިހަ ވަރަކަށް ދުވަހު އޮތް އިރު އެކަން ބަލައި އުޅުވުނު ނަމަވެސް ކުއްލިއަކަށް ވަކިވެގެން ދިއުމުން ގަބޫލު ކުރާން ދަތިވެއްޖެ އެވެ.

"އެކުވެރިއެއް އެކަންޏެއް ނޫން ރަނގަޅަށް ކިޔަވައިގެން އިމިގްރޭޝަންގެ ރަނގަޅު ވަޒީފާއެއްގައި ހިދުމަތް ވެސް ކުރަމުން އައި ޒުވާނެއް އެއީ. އޭނާ ވަކިވެގެން ދިޔައީ ހިތްދަތި ގޮތަކަށް" މޯޑް ވިދާޅުވި އެވެ. -- އޭގެ ކުރީން ޖުވެނައިލް ޖަސްޓިސްގެ ވަޒީފާއެއް ވެސް ފުރި އެވެ.

އަލްތާފުގެ އެހެން އެކުވެރީންނަށް ވެސް ވީ ހަމަ އެހެނެވެ؛ ފުރަތަމަ ގަބޫލު ނުކުރެވުނީ އެވެ. ދެން ހިތްދަތި ވަކިވުމެއްގެ ހިތާމަވެރިކަން ވަށައިލީ އެވެ. އޭގެ ތެރެއިން އެއް އެކުވެރިޔަކު ބުނި ގޮތުގައި "އަލްތާފުގެ މަރުގެ ހަބަރުން ލިބުނީ ކުއްލި ސިހުމަކާއި ފުން ހިތާމަ" އެކެވެ. -- ފޭސްބުކްގައި އޭނާގެ އެކުވެރިން ފާޅު ކޮށްފައިވާ ޝުއޫރުތަކުގެ ތްރެޑް ނިއުޅައިލުމުން ވެސް ފެންނާން އޮތީ ހަމަ އޭނާ ބުނާ ފަދަ ހިތާމައިގެ ކަޅު އަކުރުތަކެކެވެ.

މިދިޔަ ނޮވެމްބަރު މަސް ނިމޭން ދިޔައިރު ވެސް އަލްތާފް ބަރާބަރެވެ؛ ކޮޅަށް ހުރީ ރަނގަޅު ސިއްހަތަކާއެކު އެވެ. ރަނގަޅަށް ހުރި އަލްތާފުގެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހުނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ގިނަ އެކްސިޑެންޓްތަކެއް ހިނގައި ގިނަ ބަޔަކު މަރު ވެސް ވެފައިވާ ނިރޮޅު މަގުގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަކާ ހަމައިންނެވެ.

އެކުވެރިއެއް އެކަންޏެއް ނޫން ރަނގަޅަށް ކިޔަވައިގެން އިމިގްރޭޝަންގެ ރަނގަޅު ވަޒީފާއެއްގައި ހިދުމަތް ވެސް ކުރަމުން އައި ޒުވާނެއް އެއީ. އޭނާ ވަކިވެގެން ދިޔައީ ހިތްދަތި ގޮތަކަށް،

މުހައްމަދު އަބްދުﷲ ޝަފީގު | ދާއިރާގެ މެންބަރު

އަލްތާފަށްވީ ކީއް؟ - އިސްޕީޑް ބާރުކޮށް ދުއްވުމުގެ ތެރޭ އެހެން ވެހިކަލަކުން ނެއްޓެން ހިފި ވަގުތު ކޮންޓްރޯލް ގެއްލި އަލްތާފާއެކު ސައިކަލް ވިއްސައިގެން ދިޔައީ އެވެ. އޭނާ އިނީ ފަހަތުގަ އެވެ. ދުއްވީ ރައްޓެއްސެކެވެ. ދެ ޒުވާނުން ވެސް ބުރައިގެން ދިޔަ އެވެ. އަދި އެ އެކްސިޑެންޓްގައި އަލްތާފުގެ ބަޮލަށް ގެއްލުންވި އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އަލްތާފަށް އޮންނާން ޖެހުނީ ކޯމާއެއްގަ އެވެ. އަދި ހާލު ދެރަވެ މެޝިނުގެ އެހީގައި ނޭވާލައްވަން ވެންޓިލޭޓަރުގައި ބާއްވާން ޖެހުނެވެ. އަލްތާފަކީ ކައިވެންޏެއް ކޮށްފައިވާ ޒުވާނެއް ނޫނެވެ. އަދި އޭނާ އަކީ އާއިލާގައި ތިބި ދެބެންގެ ތެރެއިން ހަމަ އަކަނި ފިރިހެން މެންބަރެވެ. ރޭ ފަތިހާ ހަމައަށް އޭނާ އޮތީ ސީރިއަސް އެ ހާލަތުގަ އެވެ. އަޑުހުރި އެކްސިޑެންޓަކަށް ފަހު ހިމޭންކޮށް 10 ދުވަސް އޮވެފައި ރޭ އަލްތާފު ވަކިވެގެން ދިޔައީ އާއިލާ އާއި ރަހުމަތްތެރިންނާއި ރަށާއި އޮފީސް ރޮއްވާލާފަ އެވެ. އަލްތާފް ވަކިވެގެން އެ ދިޔައީ އެވެ. އޭނާ ދަންނަ މީހުން ސިފަ ކުރަނީ މިހެނެވެ: އަލްތާފަކީ އެންމެންނާ ގުޅޭ ހިތްހެޔޮ މީހެކެވެ. އަބަދުވެސް އެހީވާ އެހީތެރިއެކެވެ. ވަރަށް ރަނގަޅު އެކުވެރިއެކެވެ. އެކަމަކު އޭނާ ވަކިވެއްޖެ ކަން ގަބޫލެއް ނުކުރެވެ އެވެ. އޭނާ އަހަރެމެންގެ ހަނދާނުގައި ދިރިހުންނާނެ އެވެ.

ކޮމެންޓް

4
450
އާދަނު123
2 years ago

22 އަހަރަސް 2 އަހަރަސް އެމީހެއްގެ ވަގުއަސް ޖެހުނީމަ މިދުނިޔެދޫކޮށް ދާނެ، މީ ނިރޮޅު މަގުގެ މައްސަލައެއްނޫން އެމަގުގަ ދުއްވާ މީހުންގެ މައްސަލަ، ދެން ނޮވެމްބަރު މަހުގާ އޭނާ ހުރީ ބަރާބަރަށޯ ބަލަ ހަމަ ހުރެފަ ކުއްލިޔަކަށް މަރުވީކީ ނޫން ކަމެއް ވެގެން މަރުވީ. ވަރައް ހަމަނުޖެހޭ އާޓިކަލް އެއް

ވެރިން
2 years ago

ސިޔާސީ ބޭނުންތަކަށް ކުރިއަށް ޖެހެން އެމީހުން ރާއްޖޭގައި ރޭސް ޖަހާ މީހުން ރޭސްޖަހުވަނީ، މިކަމުން ހަލާކުވެގެން ދަނީ އެކަމާ ނުވެސް ގުޅޭ ބައެއް

އ
2 years ago

ދުއްވަން އިން ކުއްޖާއަށް ވެސް އަނިޔާތައް ވެފައިވޭ

އަހަރުން
2 years ago

ދުއްވަން އިން ކުއްޖާ ކޮބާ؟ ޒިންމާ ވާން ޖެހޭ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.