ލަފާކުރި އާމްދަނީ އިތުރު، އެކަމަކު ނުއެއް ފުދޭ

މި އަހަރު ލަފާ ކުރި ވަރަށް ވުރެ 500 މިލިއަން ރުފިޔާ ޖުމްލަ އާމްދަނީއަށް ވަނީ އިތުރު ވެފަ އެވެ. އަދި ޓެކުހުގެ އާމްދަނީއަށް ދެ ބިލިއަންގެ އިތުރުވުމެއް އައިސްފައި ވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި

މި އަހަރު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ މި އަހަރުގެ މިހާތަނަށް ބެލި ނަމަވެސް މިވަނީ ބޮޑުތަނުން އިތުރު ވެފަ އެވެ. އެކަމަކު ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް ހަރަދުތައް ބޮޑުވެ "ފޫވެއްޓި" ނުވެގެން އުޅެން ވަނީ ޖެހިފަ އެވެ.

ފިނޭންސް މިނިސްޓަރީން މި އަހަރުގެ ބަޖެޓްގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ 24.2 ބިލިއަން ރުފިޔާ އެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް 24.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 500 މިލިއަން ރުފިޔާވަރު އިތުރު މިންވަރެކެވެ. އަދި މިދިޔަ އަހަރަށް ބަލާނަމަ މިދިޔަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއަށް ލިބުނީ 19.2 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ މި އަހަރުގެ މިހާތަނަށް ލިބިފައިވާ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ އިތުރުވު މެކެވެ.

މި އަހަރު ޓެކުހުން ލިބޭނެ ކަމަށް އަންދާޒާ ކުރީ 15.3 ބިލިއަން ރުފިޔާ އެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް ޓެކުހުން އާމްދަނީގެ ގޮތުގައި 17.9 ބިލިއަން ނުވަތަ 18 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ އަންދާޒާ އަށްވުރެ ދެ ބިލިއަން ރުފިޔާގެ އިތުރުވެފަ އެވެ

ޓެކުހުގެ އާމްދަނީގެ ލަފާ ކުރުމާއި އިތުރުވުން

  •  ޓީޖީއެސްޓީ : ލަފާކުރީ، 7.6 ބިލިއަން، ލިބުނީ 8.8 ބިލިއަން
  •  ޓީޖީއެސްޓީ : ލަފާކުރީ 4.8 ބިލިއަން، ލިބުނީ 5.9 ބިލިއަން
  •  ބީޕީޓީ : ލަފާކުރީ 2.7 ބިލިއަން، ލިބުނީ 4.5 ބިލިއަން
  •  ގްރީން ޓެކްސް : ލަފާކުރީ 823.7 މިލިއަން، ލިބުނީ 897.6 ބިލިއަން
  •  އެއާޕޯޓް ސާވިސް ޗާޖު : ލަފާކުރި 769.2 މިލިއަން، ލިބުނީ 751.3 މިލިއަން

ޓެކްސް ނޫން ގޮތް ގޮތުން މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. ޓެކްސް ނޫން ގޮތްގޮތުން މި އަހަރު 6.4 ބިލިއަން ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މިހާތަނަށް 6.7 ބިލިއަން ރުފިޔާއަށް ވަނީ އާމްދަނީ އިތުރުވެފަ އެވެ.

ޓެކްސް ނޫން އާމްދަނީން ޖޫރިމަނާ ކުރީގައި

  •  ފީތަކާއި ޗާޖު : ލަފާކުރީ، 1.5 ބިލިއަން، ލިބުނީ 2.5 ބިލިއަން
  •  ޖޫރިމަނާގެ އާމްދަީ : ލަފާކުރީ 62 މިލިއަން، ލިބުނީ 236.3 މިލިއަން
  •  އިންޓްރެސްޓް އާއި ފައިދާ : ލަފާކުރީ ، 207.5 މިލިއަން، ލިބުނީ 365.9 މިލިއަން

ފިނޭންސުގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުގައި މި އަހަރު ހަރަދު ކުރަން ޖުމްލަ 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިން ނަމަވެސް މިހާތަނަށް ހޭދަވެފައި ވަނީ 36 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓު ދައްކާ ގޮތުގައި ހަރަދު ކުރަން ދިން އެއްވެސް އަދަދަކަށްވުރެ އިތުރަށް ހަރަދުވެފައެއް ނުވެ އެވެ. ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އެންމެ ހަރަދުތައް މަތިވާ ރިކަރަންޓް ހޭދައަށް މި އަހަރު 28 ބިލިއަން ދިން ނަމަވެސް މިހާތަނަށް ހޭދަވެފައިވަނީ 25 ބިލިއަން ރުފިޔާ އެވެ.

ހަރަދާ މެދު ސަރުކާރުން ބުނަނީ - މިހާރު ހަރަދުތައް މަތިވެގެން ދާ އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާއި ރައްޔިތުންނަށް ދޭން ޖެހޭ ބައެއް ހިދުމަތަށް ކުރާ ހޭދަ އިތުރުވެފަ އެވެ. އެންމެ ބޮޑަށް ސަރުކާރުން ބުނަނީ ކަރަންޓުގެ ބިލް ކުޑަ ކުރަން ދޭން ޖެހޭ ތެލުގެ ސަބްސިޑި އިތުރުވާ ވާހަކަ އެވެ. މި އަހަރު 300 މިލިއަން ތެލުގެ ސަބްސިޑީއަށް ޖެހި ނަމަވެސް މިހާތަނަށް އެތަށް ބިލިއަނެއް ހޭދަވެފައިވާ ކަމަށް ސަރުކާރުން އަބަދުވެސް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.