ދުވަސްވީ މީހާގެ ވޮލެޓް ފޭރުނީ އަންހެނަކާއި ފިރިހެނެއް

ވޮލެޓު ފޭރުނީ34 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނަކެވެ. އެ ދެ މީހުންގެ ބަންދަށް ގޮކްރިމިނަލް ކޯޓުން 45 ދުވަސް ދިނެވެ.

އަދުނާން ހުސައިން، 70: އަދުނާނު އަތުން ވޮލެޓު ފޭރިގަތް މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި
  •  ދެ މީހުންގެ ބަންދަށް 45 ދުވަސް

މާލޭގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ހަމަލާދީ ވޮލެޓް ފޭރިގަތް މައްސަލާގައި ފިރިހެނަކާއި އަންހެނަކު ހައްޔަރު ކޮށްފި އެވެ.

ދަތުރުވަރެއްގައި މާލެ އައިސް އުޅުނު، ތ. އޮމަދޫ އަދުނާން ހުސައިންގެ ވޮލެޓް ފޭރި ގަތީ މިދިއަ އަންގާރަ ދުވަހު ހެނދުނު އޭނާ ބާޒާރުމަތި ބަލާލަން ދަނިކޮށް މާފަންނު އެލްސިޔޯން ބޭކަރީ ކައިރިންނެވެ.

އެ ދުވަހު އޭނާއަށް ބިރު ދައްކާ ތޫނު އެއްޗަކުން ހަމަލާދީ ވޮލެޓް ފޭރިގަތުމުން އަދުނާން ވަނީ ފޭރުނު މީހުންގެ ފަހަތުން ދުވެ ވޮލެޓް އަތުވޭތޯ މަސައްކަތް ކޮށްފަ އެވެ. އޭނާގެ ވޮލެޓްގައި ހުރި ހަ ހާހަށްވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެމީހުން ވޮލެޓު އެއްލައިލުމުން ހުސް ވޮލެޓެއް އަދުނާނަށް ލިބުނެވެ.

އަދުނާނުގެ އަތުން ފޭރުމާއި އޭނާގެ މަރާ ގުޅިގެން ލިޔުނު ރިޕޯޓެއް

ނަމަވެސް އޭގެ ފަހުން އެ ހާދިސާއާ ގުޅޭ ފުލުސް ތަހުގީގު ތެރޭގައި އޭނާއަށް ހާސްކަން ކުރިމަތިވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

އަދުނާންގެ ވޮލެޓު ފޭރިގަތް މައްސަލާގައި ހައްޔަރު ކުރީ 34 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނަކެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން 45 ދުވަހުގެ މުއްދަތު ބަންދަށް ޖަހައިދިނެވެ.

މި ހާދިސާއަކީ ފޭރުމަކާ ގުޅިގެން ރާއްޖޭގައި މީހަކު މަރުވި މިފަދަ ފުރަތަމަ ހާދިސާ އެވެ. އަދި މި މައްސަލައާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ކަމަށް އާއިލާއިން ބުނެފައިވާ ގޮތުން ވަރަށް ބޮޑު ފާޑުކިޔުންތަކައް ފުލުސް އިދާރާއަށް އަމާޒުވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.