ވޮލެޓު ފޭރިގަތުމުން ބޮޑު ބިރެއްގެ ތެރެއަށް، ދެން މަރު!

މި ހާދިސާގެ ތެރެއިން އަދުނާނު ނިޔާވެފައިވާއިރު، އޭނާ އޮބައި ބާއްވާ ފޭރުނު މީހުން އިއްޔެ އެނާގެ އަތުން ފަސް ހާހަށްވުރެ ގިނަ ރުފިޔާ ފޭރުނެވެ. އަދި ފޭރުނު މީހުން މިހާރު ހޯދައި އަތުލައިގެންފައިވި ކަމަށް ފުލުހުން ބުނެ އެވެ.

އަދުނާން ހުސައިން، 70: އަދުނާނު މަރުވީ ފަރުވާ ދެމުން ދަނިކޮށް

އިއްޔެގެ ހެނދުނު ގަޑީން 10:00 ޖަހާން އޮވެ ދެއެވެ. ދަތުރުވަރެއްގައި މާލެ އައިސް އުޅުނު ތ. އޮމަދޫ، އަދުނާން ހުސައިން ވެސް މިނިވަން ކަމާއެކު ރީތިކޮށް މަގުމަތީ ހިނގާފައި ދެ އެވެ. މާލޭގައި ހުރިއްޔާ، އުމުރުން 70 އަހަރުގެ އަދުނާނު އާދައިގެ މަތީން ބާޒާރު ބަލައިލާން ދަނިކޮށް އޭނާއާ ކުރިމަތިވީ ބިރުވެރި އެހައި ނުރައްކާތެރި ހާދިސާއަކާ އެވެ. އައި ނައިގޮތެއް ނޭނގި ބަޔަކު މީހުން ހަމަ ކުއްލިއަކަށް އޭނާއާ އަރާ ހަމަކޮށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވޮލެޓް ފޭރިގަނެގެން ދިޔައީ އެވެ. ފައިސާ ހުރި ވޮލެޓު ހޯދަން އެ މީހުންގެ ފަހަތުން އަދުނާނަށް ދުވެވޭނެ ވަރަކަށް ދުވީ ޒަހަމަކާއެކު އެވެ. ދުވެ ދުވެ ވަރުބަލިވި އިރުވެސް އަތެއް ނުވި އެވެ. އެންމެ އެ ހާދިސާގެ ތެރެއިން "ހިތްފަޅައިގެން" ގޮސް އަދުނާނު މަރުވެ ވަކި ވެގެން ދިޔައީ އެވެ.

އާދުނާން އަތުން ފޭރުނު މީހުން ވޮލެޓްގައި ހުރި ފައިސާތައް ނެގުމަށް ފަހު، ވޮލެޓް ހޫރައިލީ އެވެ. ވަރަށް ވަރުބަލިވެފައި ހުރި އަދުނާނު، ހުސް ވޮލެޓް ނަގައިގެން ވަރުބަލި ކަމާއެކު މަގުމަތީގައި މަޑުކޮށްލީ އެވެ. އަދި ވަރަށް ބޮޑަށް ހާސްވެ ކުރާނެ ކަމެއް، ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހުއްޓާ މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހަކު ފެނިގެން އޭނާއާ ކުރިމަތިވި ފޭރުމުގެ އެ މުޅި ހާދިސާ އެ ފުލުސް މީހާއަށް އަދުނާން ކިޔައި ދިނުމުން ފުލުސް ވެހިކަލްގައި ގެންދިޔައީ ފުލުސް އިސްޓޭޝަނަށެވެ. -- މިއީ އާއިލާ ބުނެދޭ ގޮތެކެވެ. އެހެން ނަމަވެސް ފުލުސް އިދާރާއިން ބުނާ ގޮތުގައި މައްސަލަ ހުށަހަޅަން އަދުނާން ފުލުހަށް ދިޔައީ އަމިއްލައަށެވެ. ގޮސް ފުލުހަށް ވަންނަ ވީޑިއޯ އެބަހުއްޓެވެ.

އަދުނާންގެ ދަރިފުޅު އަލީ ފިރާގް "މި" ނޫހަށް މިއަދު ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ ފުލުސް ސްޓޭޝަނަށް "ގެންދިޔައިރު" / އަމިއަލައަށް ދިޔައިރު ހުރީ ވަރަށް ބޮޑަށް ހާސްވެ ކަން ބޮޑުވުމާއެކު ގޮތް ހުސްވެފަ އެވެ.

އަދި އޭނާ ބުނި ގޮތުގައި ގޮތުގައި ބައްޕައަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. ނަމަވެސް، އެކަމާ ގުޅިގެނެއް މިހައިތަނަށް މައްސަލަތަކެއް ބައްޕައަށް ދިމާވެފައެއް ނެތެވެ. ބައްޕަ އުމުރުން ދުވަސްވެ ދޮށީ އުމުރުގެ ތެރެއަށް ވަދެފައިވި ނަމަވެސް ބައްޕަ ދިޔައީ އާދައިގެ ދިރިއުޅުމެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އިއްޔެއާ ހަމައަށް ވެސް ބައްޕަގެ ސިއްހަތު އެންމެ ރަނގަޅެވެ.

"ބައްޕަގެ ހިތުގެ މައްސަލައެއް ހުރޭ! އެކަމަކު އޭގެ ސަބަބަކުން މާ ބޮޑު އުނދަގުލެއް ބައްޕައަކަށް ނުވޭ... [އެކަމަކު] ބައްޕަގެ ހިތުގެ އެ މައްސަލަ ހުންނާތީ ހޮޅިކޮޅެއް ލައްވައިގެން ބައްޕަ އެ އުޅެނީ... އެކަމަކު އޭގެ އެއްވެސް އުނދަގުލެއް ބައްޕައަށް ދިމާނުވޭ... މިހަތަނަށް ވަރަށް ރަނގަޅަށް ބައްޕަ ހުރީ،" ފިރާގް ބުންޏެވެ.

ފިރާގު ބުނާ ގޮތުގައި ފޭރު ހާދިސާއަށް ފަހު، ޕޮލިސް ސްޓޭޝަންގައި އިންދާ ބައްޕައަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވުނެވެ. އަދި ފުލުހުން އަދުނާނު ގޮވައިގެން ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗަށް ވަގުތުން ދިޔަ އެވެ. ފަރުވާ ވެސް ދިނެވެ. ނަމަވެސް ހޮސްޕިޓަލުގެ މީހަކާ ހަވާލާދީ ފިރާގް ބުނަނީ ބައްޕަ ހޮސްޕިޓަލަށް ގެންދިޔައިރުގައި ވެސް އޮތީ މަރުވެފަ އެވެ. ހޮސްޕިޓަލުން ފިރާގާ ވާހަކަ ދެއްކީ ކާކު ކަމެއް އޭނާ ނުބުނެ އެވެ.

"[ބައްޕަ މަރުވުމުގެ ކުރިން] ހުރިހާ މައުލޫމާތެއް ވެސް ބައްޕަ [ފުލުހަށް] ދިން. އައިޑީކާޑުގެ މައުލޫމާތާއި ރަށުގެ މައުލޫމާތާ ދިން ފަހުން ބައްޕައަށް އެހެން ދިމާވީ،" ފިރާގު ކިޔައިދިނެވެ.

ފިރާގު ބުނި ގޮތުގައި މި ހާދިސާގެ ތެރެއިން ބައްޕަ ނިޔާވެފައިވާއިރު، އޭނާގެ ބައްޕަ އޮބައި ބާއްވާ ފޭރުނު މީހުން އިއްޔެ އެނާގެ ބައްޕަގެ އަތުން ހަ ހާހަށްވުރެ ގިނަ ރުފިޔާ ފޭރުނެވެ. އަދި ފޭރުނު މީހުން މިހާރު ހޯދައި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފިރާގް ބުނި ގޮތުގައި ބައްޕަ ނިޔާވެގެން ދިޔަ ހާދިސާ އާއި އެކަން ހިނގައި ދިޔަ ގޮތުން އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާއިރު އެކަމާ ގުޅިގެން ކުރާނެ ޝަކުވާތަކެއް ނެތެވެ. ނަމަވެސް ކަންބޮޑުވުންތަކެއް ވެއެވެ. އެއް ކަމަކަށް އޭނާ ފާހަގަ ކުރީ ބައްޕަގެ އަތުގައި ހުރި ޒަހަމެއް ދެ އިންޗިއެއްހާ ފުނަށް ހުރުމާއި އެއީ މީހެއްގެ ނިޔަފަތި އެޅިގެން ވި ޒަހަމެއް ކަމަށް ފުލުހުން ބުނާ ބުނުމެވެ. އަދި ބައްޕަ އެ ހާލަތުގައި ވަނިކޮށް ހޮސްޕިޓަލަށް ގެންދިއުން ލަސްވި ލަސްވުމެވެ.

"ކޮންމެވެސް ކަހަލަ ތޫނު އެއްޗަކުން ހަމަލާދީގެން އެހުރީ ވޮލެޓު ފޭރިގެންފައި! .... އެހެންވީމަ އެ ވަގުތު ބައްޕަ ޕޮލިސް ސްޓޭޝަނަށް ގެންދާކަށް ނުޖެހޭ. ބައްޕަ ގެންދަން ޖެހެނީ ހޮސްޕިޓަލަށް،" އޭނާ ބުންޏެވެ.

ފައިސާ ކޮޅު ފޭރިގަތުމުގެ ހާދިސާގެ ތެރެއިން ޒަހަމަމާއެކު ލިބުނު ބޮޑު ހާސް ކަމުގައި އަދުނާންގެ ކުއްލިއަކަށް "ހިތް ދަތި ވެގެން" ނިޔާވީ އެވެ. އެ ވަކިވުމާއެކު އޭނާގެ ހަތް ކުދިންނަށް ވަނީ ވަރަށް ބޮޑު ހިތާމައަކާ ކުރިމަތި ވެފައެވެ.

ފުލުސް އިދާރާ ބުނަނީ ކީކޭ؟ - ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އިއްޔެ މާފަންނު ފުލުސް އިސްޓޭޝަނަށް މައްސަލައެއް ހުށަހަޅަން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ހާލު ދެރަވެގެން ފުލުހުގެ އެހީތެރި ކަމާއެކު އައިޖީއެމްއެޗަށް ގެންގޮސް އާއިލާއާ މައުލޫމާތު ހިއްސާކޮށް އާއިލާއާ ހަވާލު ކޮށްފައި ވާނެ އެވެ. އަދި އެ މީހާ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުންގެ ހިދުމަތަށް މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް

9
450
އާލިމްސް ބިގް ފޭން
1 year ago

އާލިމްއާ އަޅައިގެނެގެން ތިމީހުން ނޫޅެބަލަ އާލިމް އަކީ މޭންއެއް ހީރޯއެއް އުއްމޯދީ ނޫސްވެރިއެއް

ސޮރީ
1 year ago

ޙަާދިސާ ކިތަންމެ ހާވެސް ދެރަ. އެކަމަކު ވާހަކަ ލިޔުނު މީހާ ލިޔެފަ މިންދީ ސުކޫލު ކުދިންގެ ވާހަކަ ފޮތެއް ހެން

ޚަލީލް
1 year ago

މިމީހުންގެ މައްޗައް ގަސްތުގަމީހަކު މެރުމުގެ ދައުވާކުރެވެންވާނެ، އެމީހުންގެ ނިޔަތަކީ ފޭރުންކަމުގައިވިއަސް އެއަމަލުގެ ސަބަބުންލިބިގެންދިޔަ ޖިސްމާނީއަދި ނަފްސާނީއަނިޔާއިން މީހަކުމަރުވެ އެދިއައީ، މާލޭގައި ފޭރެންއުޅޭ ގިނަމީހުންްނަކީ މަސްތުވާތަކެތި ބޭނުންކުރާމީހުން، އަދި މިމީހުންގެ ތަފާތު އެތައް ކުށުގެ ރެކޯޑެއް އޮއްނައިރުވެސް މިހެންދޫވެފަ ތިބޭކަމަކީ މިކަމުގައި އިހުމާލުވާ އެތައްބަޔަކު ސަރުކާރުއެތައް އިދާރާއެއްގެ އިހުމާލު، މިކަމުގަ ޖަވާބުދާރީކުރިވަންޖެހޭ

އާލިމްގެ ފޭން
1 year ago

އާލިމް ދުވާލަކު ނޫހަކުން ފެންނަނީ. ކިހިނެއް ތި ހަދަނީ؟

ޖާބެ
1 year ago

ފުލުހުންގެ ވަޒީފާޔައް މިހ ވައްދާ މީހުންގެ ސިޗުއޭޝަނަލަ އެވެއާނަސް ޒީރޯކަމަށް ފާހަގަ ކުރވެނީ ނޫނީ ދެވޭ ތަމްރީންތައް އެކަށީގެން ނުވަނީ ގައުމެއް ކޮރަޕްޓްވެގެން ދާއޮރު ހުރިހާތަނެއް އަދި ގިނަބަޔަކައް މިބަލިޖެހޭނެ އަދި ޖެހިފަހުރުކަން ގަބޫލުވެސް ނުކުރެވޭ ދަރަޖަޔައް ދާނެ

ޒަރީރު
1 year ago

މިހާރު މިހާދިސާގަ ފުލުހުން ކިހިނެއްވީތަ، ވަގުން ގެ ދުއްޕާން ނޫންބާ!

އޮނެސްޓް އޮޕީނިއަން
1 year ago

ލިޔުމުގަ ވަރަށް އާދައިގެ ކުށް ފެންނަން އެބަހުރި!

އުންމީދީ ރަންޑި
1 year ago

އުންމީދީ ނޫސްވެރިޔާ ދުވަހަކު ތަނެއްގައި ހަރުލާ ހުންނަ ތަނެއް ނުފެނޭ. މާދަމާ ނޭނގެ ކޮން ނޫހަކުންކަމެއް ފެންނާނީ. އެއްވެސް ހަރުދަނާ ކަމެއް ނެތް ސޮރެއް ހެން ހީވަނީ.

ބާޑޭ
1 year ago

އާލިމްގެ ރީތި ލިޔުމެއް މިއީ .... ކިހާ ދުވަހެއް ވާނެބާ އާލިމް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.