ވިންޑޯޒް 7 އަދި 8.1 ގައި ގޫގުލް ކްރޯމް މަސައްކަތް ނުކުރާނެ

ދުވަސްވީ އާދައެއް ދޫކޮށްލުމަކީ ގިނަ މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ. ކޮމްޕިޔުޓަރު ބޭނުންކުރާ މީހުނގެ މެދުގައި ވެސް މި އާދަ އޮވެ އެވެ.

ގޫގުލް ކްރޯމް މުސްކުޅި ވިންޑޯޒް ތަކުގައި ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށް ގޫގުލް ބުނޭ

މުސްކުޅި އާދަތައް ދޫކޮށްލުމަކީ ކުރަން އުނދަގޫ ކަމެއް ކަމަށް މީހުން ބުނެ އެވެ. ކޮމްޕިއުޓަރު ބޭނުންކުރާ މީހުން ވެސް މި އާދައިން މިސާލު ޖަހަ އެވެ. މައިކްރޮސޮފްޓް ވިންޑޯޒް 7 އަދި 8.1 ބޭނުންކުރާ މީހުން އަހަރެމެންގެ ތެރޭގައި އުޅޭނެބާއޭ ހިތަށް އަރަ އެވެ. އެކަމަކު ނޫޅޭނެ ކަމަށް ބުނެ ގޮތެއް ނިންމުމަކީ ސާބިތު ނުވާހާ ހިނދު ކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

މުސްކުޅި އޮޕަރޭޓިން ސިސްޓަމް ދޫކޮށްލައި، ވިންޑޯޒްގެ އާ އަދަދުތަކަށް ބަދަލުވުމަށް ކަސްޓަމަރުންގެ ކިބައިން މައިކްރޮސޮފްޓް އާދޭސް ކުރަނީ އެވެ. އެކަމަކު ވެސް އެ ބަދަލަށް ހޭނުމުގައި އެތައް ބަޔަކު ފެންނަނީ ފަސްޖެހޭ ތަނެވެ.

މައިކްރޮސޮފްޓް ވިންޑޯޒް 11 އަށް ކަސްޓަމަރުން ބަދަލު ކުރުމަށް ޓަކައި މައިކްރޮސޮފްޓުން މިހާރު ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި، ވިންޑޯޒް 11 އަށް ޝަރުތުތައް ހަމަނުވާ ކޮމްޕިއުޓަރުތަކުގައި ވެސް ވިންޑޯޒް 11 ބޭނުން ކުރެވޭނެ ގޮތެއް އެބަ ހޯދަ އެވެ.

އަދި ވިންޑޯޒް 7 އާއި 8.1 ހުއްޓުވާލުމަށްޓަކައި، އެ އޮޕަރޭޓިން ސިސްޓަމްތަކަށް ސެކިޔުރިޓީ އަޕްޑޭޓް ނުދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މައިކްރޮސޮފްޓްގެ މި ގޮވާލުމަށް އިޖާބަ ދިނުމަށް ގޫގުލުން ވެސް އޮތީ ފޫގަޅައިގެނެވެ. ގޫގުލުން ބުނާ ގޮތުން 2023 ލައިގަތުމާއެކު އަދި އިތުރު އިންޒާރަކާ ނުލައި، ވިންޑޯޒްގެ މުސްކުޅި އަދަދުތަކުގައި ކްރޯމް ވެބް ބްރައުޒާ ބޭނުމެއް ނުކުރެވޭނެ އެވެ.

ވިންޑޯޒް 7 އަކީ މައިކްރޮސޮފްޓުން މިހާތަށް އުފެއްދި އޮޕަރޭޓިން ސިސްޓަމް ތަކުގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔަ އޮޕަރޭޓިން ސިސްޓަމެކެވެ. އެއްވެސް ކުންޏެއް ނުޖެހި ވިންޑޯޒް 7 އިން ކޮމްޕިއުޓަރުތައް ހިނގުމަކީ، އެ ދޫކޮށްލަން މީހުން ކަންބޮޑުވާ ކަމަކަށް ވަނީ އެވެ.

ގޫގުލުން ބުނާ ގޮތުން މައިކްރޮސޮފްޓަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެބްރުއަރީ 7، 2023 އިން ފެށިގެން މުސްކުޅި ވިންޑޯޒްތަކުގައި ކްރޯމްގެ ހިނގުން ދަތިވާނެ ކަމަށެވެ.

ވިންޑޯޒް 7 ގައި ކްރޯމް ބޭނުންކުރަން އެދޭ ނަމަ އޮތް ފުރުސަތަކީ ކްރޯމްގެ މުސްކުޅި އަދަދެއް ބޭނުންކުރުމެވެ. އެހެން ނަމަމެސްމ، ސެކިޔުރިޓީ އަޕްޑޭޓް ނުކޮށް ބޭނުންކުރާ ބްރައުޒާގެ ސަބަބުން ހެކަރުންނަށް ފުރުސަތު އޮންނާނެ ކަމަށް ގޫގުލުން ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.