ތައި ސިލްކް ފެޝަން ވީކް ހުޅުވި ރަސްމިއްޔާތުގައި މެޑަމް ފަޒުނާ

މިއީ ދުނިޔޭގެ އެކި ގައުމުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވާ ބައިނަލްއަގުވާމީ ފެޝަން ވީކެކެވެ. ފަހަކަށް އައިސް ވަރަށް މަޝްހޫރު ވެސް ވެފައި ވެއެވެ.

ތައި ސިލްކް ފެޝަން ވީކްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު މެޑަމް ފަޒްނާ (ވާތް ފަރާތުން ހަތަރުވަނައަށް) ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ރައީސް އޮފީސް

ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ، ބައިނަލްއަގުވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު، ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގަ އެވެ.

ތައި ސިލްލް ފެޝަން ވީކް - މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވާ ބައިނަލްއަގުވާމީ ފެޝަން ވީކެކެވެ. މި އަހަރު އޭގެ ތިންވަނަ ފެޝަން ވީކް ކުރިޔަށް ދަނީ މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހަށެވެ. މި ފެޝަން ވީކްގައި ރާއްޖެއިން ބައިވެރިވާ ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް ހުށައަޅައިދޭ ތައި ސިލްކް ޑިޒަިންގެ ހެދުންތައް ވެސް މާދަމާ މެޑަމް ފަޒުނާ ބައްލަވައިލައްވާނެ އެވެ.

ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތަށް މެޑަމް ތައިލެންޑަށް ވަޑައިގެންނެވީ، އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗަރު ޕްރޮމޯޝަންސްގެ ދައުވަތަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.