މީޑިއާނެޓުން ބުނެފައި ވަނީ ބްރޯޑްކޮމްގެ ގަވާއިދަކީ 100 ޕަސެންޓް ދިވެހި ހިއްސާ އޮންނަ ކުންފުނިތަކުގެ ވިޔަފާރި ހިމާޔަތްކުރަން ހަދާފައިވާ ގަވާއިދެއް ކަމަށެވެ.
މޯލްޑިވްސް ބޮރޯޑްކާޓިން ކޮމިޝަން އާ ދެކޮޅަށް ދިރާގުން ސިވިލް ކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައިގެ ތެރެއަށް މީޑިއާނެޓްގެ އިތުރުން ދެ ކުންފުންޏަކުން ތަމައްހުލްގެ ހުއްދައަށް އެދުމުން، އެ ހުއްދަ ނުދޭން ކޯޓުން ކަނޑައަޅައިފި އެވެ.
މިއީ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަމައެކަނި 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ދިނުމަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި ހިމަނާފައިވާ މާއްދާ ބާތިލު ކޮށްދިނުމަށް އެދި ދިރާގުން ވަނީ ސިވިލް ކޯޓުގައި ބްރޯޑްކޮމް އާ ދެކޮޅަށް ދައުވާ ކޮށްފައިވާ މައްސަލަ އެވެ.
މީޑިއާނެޓުން ބުނެފައި ވަނީ ބްރޯޑްކޮމްގެ ގަވާއިދަކީ 100 ޕަސެންޓް ދިވެހި ހިއްސާ އޮންނަ ކުންފުނިތަކުގެ ވިޔަފާރި ހިމާޔަތްކުރަން ހަދާފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެއީ ބޭރުގެ ވިޔަފާރިތަކުން ދިވެހި ކުންފުނިތައް ރައްކާތެރިކުރުމަށް ހަދާފައިވާ ގަވާއިދެއް ކަމަށެވެ. ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ. މިއީ ކޯޓަށް ބެލުމުގެ އިހުތިސޯސް އޮތް މައްސަލައެއް ނޫން ކަމަށްވެސް މީޑިއާނެޓުން ބުނެފައިވެ އެވެ.
ދިރާގާ ދެކޮޅަށް ނުކުތް އަނެއް ދެ ކުންފުނިން ބުނެފައި ވަނީ ދިރާގަކީ ގާނޫނީ ގޮތުން ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އޮތް ކުންފުންޏެއް ނޫން ކަމަށެވެ. އެގޮތުން ގާނޫނީ ލައިސަންސް 2014 ވަނަ އަހަރު ބާތިލްވެފައިވާ ކަމަށާއި، އޭގެ ސަބަބުން އިންސާފުވެރި ވާދަވެރިކަމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށެވެ.
ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ބާތިލު ނުކުރަން ކޯޓުން ވަގުތީ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރު ބްރޯޑްކޮމްގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.