ދެމަފިރިޔަކު ބްލެކްމެއިލް ކުރާ ކަމަށް ތުހުމަތުވި މީހާގެ ބަންދަށް ފަސް ދުވަސް

މީހުންގެ ބަރަހަނާ މަންޒަރު ހިމެނޭ ވިޑިއޯ އާއި ފޮޓޯ ހޯދައި ބްލެކްމެއިލްކޮށް ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް ރާއްޖޭގައި ގިނަވާން ފަށަފައި ވެއެވެ.

ބ. ތުޅާދޫ: ބްލެކްމެއިލްކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހާގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްފައި

ބަރަހަނާ ވީޑިއޯތަކެއް ބޭނުން ކޮށްގެން ދެމަފިރިއަކަށް ބިރު ދައްކައި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ބ. ތުޅާދޫން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައި ދީފި އެވެ.

ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރު ކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ތުޅާދޫ ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތު ދީފައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި އެ މީހާ ހައްޔަރު ކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުން ކޮށްގެން ދެމަފިރިއަކަށް ބިރުދައްކައި ފައިސާ އަތުލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްސަލަ މިދިޔަ ހުކުރު ދުވަހު ފުލުހަށް ހުށަހެޅި ނަމަވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ ތުޅާދޫގެ ރައްޔިތުން ތެރެއިން ބަޔަކު އިއްޔެ އިހުތިޖާޖެއް ވެސް ކުރި އެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގެއް ކުރަމުން އަންނަ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން މި މައްސަލައާ ގުޅިގެނެއް ނުދެ އެވެ.

މީހުންގެ ބަރަހަނާ މަންޒަރު ހިމެނޭ ވިޑިއޯ އާއި ފޮޓޯ ހޯދައި ބްލެކްމެއިލްކޮށް ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް ރާއްޖޭގައި ގިނަވާން ފަށަފައި ވެއެވެ. އެކި ކަހަލަ ކަންކަމުގައި ބިރު ދެއްކުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ ފުލުހުން ވަނީ ސަމާލުވާން އިލްތިމާސެއް ވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.