ހަލާކުވި އިގްތިސޯދާއެކު ލަންކާ ކޮޅަށް ތެދުވަނީ، ޓޫރިޒަމް އާމްދަނީ ބިލިއަނަކަށް

މިސްމެނޭޖުމެންޓާއި ސަރުކާރު ކުންފުނިތަކުގެ ބޭކާރު ހަރަދު ބޮޑުވުން އަދި ކޮވިޑު މެނޭޖް ނުކުރެވުގެ ސަބަބުން ބަނގުރޫޓުވި ސްރީލަންކާގެ ޓޫރިޒަމަށް މިފަހުން ލިބުނު އެއް އުންމީދަކީ ކްރޫޒްލައިނާއަށް އެ ގައުމުގެ ބަނދަރަށް އަންނަން ފެށުމެވެ.

ސްރީލަންކާއަށް މިދިޔަ މަހު ބަނދަރުކުރި ކްރޫލައިނާއަކުން ޓޫރިސްޓުން ފައިބަނީ -- ލަންކާ ޑެއިލީ

ސަރުކާރު ހިންގުމުގެ ނިޒާމް އެކޮޅު ކޮޅުން ޖެހި އިގްތިސޯދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް އަވަށްޓެރި ސްރީލަންކާގެ ޓޫރިޒަމް މަޑުމަޑުން ކޮޅަށް ތެދުވެ އާމްދަނީއަށް އެއް ބިލިއަން ޑޮލަރު ހަމަކޮށްލައިގެން އުންމީދެއް އާ ކޮށްފި އެވެ.

ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ އަދި ރާއްޖެއަށް އަންނަ ގިނަ ފްލައިޓްތަކެއްގެ ޓްރާންސިޓް މަންޒިލެއް ކަމަށްވާ ސްރީލަންކާގެ މަރުކަޒީ ބޭންކުން އާއްމުކުރި މައުލޫމާތުތަކެއްގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް އެ ގައުމަށް ޓޫރިޒަމް އާމްދަނީގެ ގޮތުގައި ވަނީ 1.1 ބިލިއަން ޑޮލަރު ލިބިފަ އެވެ. މިދިޔަ މަހު އެކަނި ޓޫރިޒަމް ދާއިރާ އިން އާމްދަނީގެ ގޮތުގައި 107.5 މިލިއަން ޑޮލަރު ވަނީ ލިބިފައި އެވެ.

މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާނަމަ އެ ގައުމުގެ ޓޫރިޒަމް އާމްދަނީއަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ގައުމަށް ގޮސްފައި ވަނީ 104,989 ޓޫރިސްޓުންނެވެ. އަދި އެ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 273.6 މިލިއަން ޑޮލަރެވެ.

ލަންކާ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މަހުން މަހަށް އެ ގައުމުގެ ޓޫރިޒަމަށް ދަނީ ދިރުން ލިބެމުންނެވެ. މިދިޔަ މަހު އެ ގައުމަށް 59,759 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި އަދަދަކީ އޮކްޓޫބަރު މަހު އެ ގައުމަށް ދިޔަ ޓޫރިސްޓުންގެ އަދަދާ ބަލާއިރު 42 ޕަސެންޓުގެ އިތުރުވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި އެ ގައުމަށް ޖުމްލަ 628,017 ޓޫރިސްޓުން ވަނީ ހަމަވެފަ އެވެ. ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ނުވަތަ ޑެއިލީ އެރައިވަލްސް ވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަަށް ލަންކާގެ ޓޫރިޒަމް ޑޭޭޓާތަކުން ދައްކަ އެވެ. މިދިޔަ އޮކްޓޫބަރު މަހު ޑެއިލި އެރައިވަލްސް 1355 ގައި ހުރިނަމަވެސް މިދިޔަ މަހުގެ ކޮންމެ ދުވަހަކު އެވްރެޖުކޮށް 1,991 ޓޫރިސްޓުން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ލަންކާ ޓޫރިޒަމްގެ ތަފާސް ހިސާބު

  •  11 މަހުގެ ޖުމްލަ އާމްދަނީ 1.1 ބިލިއަން ޑޮލަރު
  •  11 މަހުން އައި ޓޫރިސްޓުން 628,017
  •  މިހާރުގެ ޑެއިލީ އެރައިވަލްސް 1,991
  •  މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 59,759

މިސް މެނޭޖުމަންޓާއި ސަރުކާރު ކުންފުނިތަކުގެ ބޭކާރު ހަރަދު ބޮޑުވުން އަދި ކޮވިޑު މެނޭޖު ނުކުރެވުގެ ނަތީޖާއެއްގެ ގޮތުން ބަނގުރޫޓުވި ސްރީލަންކާގެ ޓޫރިޒަމަށް މިފަހުން ލިބުނު އެއް އުންމީދަކީ ކްރޫޒްލައިނާއަށް އެ ގައުމުގެ ބަނދަރަށް އަންނަން ފެށުމެވެ. ޔޫރަޕު ފްލައިޓްތައް އަންނަން ފެށި މި ވަގުތު ފެށި މި ދަތުރުތަކާއެކު ލަންކާއަށް ވަނީ އުންމީދުއާ ވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.