ފަލަސްތީނުގައި ޔަހޫދީން ވަޒަންވެރި ކުރުވާ މައްސަލަ: އެމެރިކާ އަޅުވަނީ އަނދުނެއް

ނަތަންޔާހޫ ވެރިކަމަށް ވަޑައިގަތުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ބިރަކީ، ގަދަބާރުން ހިސޯރަށް ގެންގޮސްފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ޖަރޫސަލަމުގައި އޭނާ އިތުރު ގެދޮރު އަޅާނެ ބިރެވެ.

ބްލިންކެން އާއި ނަތަންޔާހޫ: ނަތަންޔާހޫގެ އާ ޕްރޮގްރާމްތަކުން ރެކިގެން އޮންނަން އެމެރިކާއިން ދޮގުތައް ފަތުރާ

ސިލްސިލާ ކޮށް ވައިގެ ހަމަލާތަކެއް ގަޒާއަށް އަމާޒުކޮށްފައިވާއިރު މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭ ފަލަސްތީނުން މަރާލައި ޝަހީދު ކުޅަ މީހުންގެ އަދަދު 12 އަށް އަރަ އެވެ.

އަނެއްކޮޅު އިޒްރޭލުގެ އާ ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އަބާދީ ވަޒަންވެރި ކުރުވުމުގެ ޕްރޮހްރާމް ތާޒާކޮށް ގެދޮރު އެޅުމުގެ މަސައްކަތުގެ ގިޔަރެއް މަތި ކުރާން ވަނީ ހިފާފަ އެވެ. މިހާރު ދެމުންދާ ހަމަތަކާއި އިޒްރޭލުގެ ގަވައިދާ ހިލާފު އާބާދު ޕްރޮގްރާމްތަކަކީ އެމެރިކާގެ ވާތްގާއެކު ހިނގާ ކަންކަމެވެ.

އެ ވާހަކަ އޮއްބާލަން އެމެރެކާއިން ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީ ވަޒަންވެރި ކުރުވައި ގެދޮރު ބިނާ ކުރުމާ އެމެރިކާ ދެކޮޅު ހަދާ ކަމަށް ބުނާން ފަށާފަ އެވެ. ބުނަނީ އެކަން ހުއްޓާލަން ޖެހޭނެ ކަމަށެވެ. ކުއްލިއަކަށް އެވާހަކަ ފެށީ ނަތަން ޔާހޫގެ ދައުރެއް ފަށާތީ އެވެ. އަދި އެމެރިކާ ރެކި އޮތްކަން ދައްކާން ވެގެނެވެ.

މިވަގުތުގެ ހާލަތު ހާއްސަކޮށް ހަރުކަށިކަން ބޮޑު ނަތަންޔާހޫގެ ޕްރޮގްރާމްތައް ތާޒާކޮށް ހަމަލާތައް އިތުރު ކުރާނެތީ އެމެރިކާއިން ބޭނުން ވަނީ ދުނިޔޭގެ ލޮލުގައި ރަނގަޅަށް އަނދުނެއް އަޅުވާށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވެސް އެ މޭރުމުން ވާހަކަ އިސް ކުރައްވާފަ އެވެ. ބްލިކެން ވިދާޅުވާ ގޮތުގައި ދެ ފަރާތުން ރައްދު ދިނުން ދޫކޮށްލާން ޖެހެ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީ ވަޒަންވެރި ކުރުވުމުގެ ޕްރޮގްތާމް ތާޒާކޮށް ފަށައިގަތުން ބަލައެއް ނުގަނަވެ އެވެ.

ވާހަކަ އޮއްބާލަނީ ކީއްވެގެން؟

ރިޕޯޓްތައް ބުނާ ގޮތުގައި ބްލިންކެންގެ ވާހަކަ އެ މޭރުމަށް ބައްޓަން ކޮށްފައި ވަނީ ހިޔާނާތުގެ ތުހުމަތުތަކުގައި ބޮޑުވަޒީރުކަން ގެއްލުމަށް ފަހު އަނެއްކާ ވެސް ވަޑައިގެން ނަތަންޔާހޫ ފަލަސްތީނުގެ ބިންތައް ހިފާ ގެދޮރުއެޅުމަށް ތާއީދު ކުރާ ހަރުކަށި ކަނާތު ފިޔައިގެ ޕާޓީތަކާ ކޯލިޝަން ހަދާ ސަރުކާރެއް އެކުލަވާލަން ބޭނުންވާ މެޖޯރިޓީ ކަށަވަރު ކުރެއްވުމުން އެ ދެމެދުގައި އެމެރިކާ އޮތް ގޮތުގެ ސިފަ ބަދަލު ކުރަން ވެގެނެވެ. އެކަމަކު އިޒްރޭލުގެ ކޮންމެ އެކްޝަނަކީ އެމެރިކާގެ ރުހުން އޮވެގެން ހިނގާ ކަންކަންކަން ދުނިޔެއަށް އެނގެ އެވެ.

ނަތަންޔާހޫ ވެރިކަމަށް ވަޑައިގަތުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ބިރަކީ، ގަދަބާރުން ހިސޯރަށް ގެންގޮސްފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ޖަރޫސަލަމުގައި އޭނާ އިތުރު ގެދޮރު އަޅާނެ ބިރެވެ. ނަތަންޔާހުގެ ބޮޑުވަޒީރުކަމުހައި އެ ސަރަހައްދުތަކުގައި ރެކޯޑް އަދަދަކަށް ޔަހޫދީން ވަޒަންވެރި ކުރުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.