ނަފްސާނީ ސިއްހަތަށް ހޭލުންތެރި ކުރަން ގައުމީ ކެމްޕެއިނެއް

މިނިސްޓްރީން ބުނި ގޮތުގައި "ކިހިނެތް" ކެމްޕެއިންގެ މަގުސަދަކީ އާންމު ފަރުދުންނާއި މުޖްތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.

ނަފްސާާނީ ސިއްހަތަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕޭން، ރައީސް ސޯލިހް ފައްޓަވައި ދެއްވަނީ

ނަފްސާާނީ ސިއްހަތަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕޭން މިއަދު ރަސްމީކޮށް ފަށައިފި އެވެ. "ކިހިނެތް" ނަމުގައި ފެށި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މިނިސްޓްރީން އޮފް ހެލްތާއި ހެލްތް ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީ) އިން މި ކެމްޕެއިން ކުރިއަށް ގެންދާނީ އަހަރު ދުވަހަށް ބަހާލައިގެންނެވެ. މިއީ ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކެންޕެއިނެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި "ކިހިނެތް" ކެމްޕެއިންގެ މަގުސަދަކީ އާންމު ފަރުދުންނާއި މުޖްތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ. އެގޮތުން ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުންނާ މުޖްތަމައުން މެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލު ކުރުމަށް މި ކެމްޕެއިންގައި މަަސައްކަތް ކުރާނެ އެވެ. އަދި ތަފާތުތައް ނައްތާލުމަކީވެސް ކެމްޕެއިން ކުރިއަށް ގެންދިއުމުގެ މުހިންމު މަގުސަދެކެވެ.

ނަފްސާާނީ ސިއްހަތަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕޭން ރަސްމީކޮށް ފެށުން

ހެލްތް މިނިސްޓްރީމް ބުނީ ފަރުދުންގެ ގާބިލްކަން އިތުރުކޮށް ކުރިމަތިވާ އުނދަގޫ އިހްސާސްތައް ތަހައްމަލު ކުރަން ދެނެގަނެ އެކަންކަމުން އަރައި ގަތުމުގެ ގާބިލްކަން އުފެއްދުމަކީ ކެމްޕެއިންގެ މައިގަނޑު ލަނޑުދަނޑި ކަމަށެވެ. އެގޮތުން އަމިއްލަ ނަފްސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އަންގައިދީ އެކަން ކުރެވޭނެ ގާބިލްކަން އާންމުންގެ މެދުގައި އުފެއްދުމަށް މަސައްކަޔް ކުރާނެ އެވެ.

މީގެ އިތުރުން ނަފްސާނީ މައްސަލަތަކަށް ހޭލުންތެރި / ބާރުވެރި / އަޅާލާ މުޖުތަމައު އެއް ބިނާކުރުމާއެކު ވިސްނުމުގެ ތަފާތު ހުރި ނަމަވެސް އެކަކު އަނެކަކު ބަލައިގަނެ އަޅާލާ ޒިންމާދާރު މުޖްތަމައަކަށް ދިވެހި މުުޖްތަމައު ބަދަލު ކޮށްލުމަކީ "ކިހިނެތް" ކެމްޕެއިން އިން ހާސިލު ކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނަފްސާާނީ ސިއްހަތަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕޭން ފަށާފައި މިވަނީ ރާއްޖޭގައި ނަފްސާނީ ބަލި ތަަހަންމަލު ކުރަމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.