ޗައިނާގެ އެސްޓްރޮނޯޓުން އެނބުރި ދުނިޔޭގެ ބިމަށް

ޗައިނާގެ އެ ތަނަކީ ނާސާ އިސްވެ އޮވެ އުފެއްދި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފަހު ދާއިމީކޮށް މީހުން ދިރިއުޅޭ ދެވަނަ ޖައްވީ އައުޓްޕޯސްޓެވެ. މިތަން އުފެއްދީ 2011 ވަނަ އަހަރު ޗައިނާ ބާކީ ކުރުމުންނެވެ.

ޗައިނާގެ ޖައްވީ ބަނޑަހަގޭގެ ފަހު މަސައްކަތް ނިންމަން ދިޔަ އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނޭ އަދި ޗައިނާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ޔަންގް

ޗައިނާގެ ސްޕޭސް ސްޓޭޝަން / ޖައްވީ ބަނޑަހަގޭގައި ހަ މަސް ދުވަހުގެ މިޝަނެއް ފުރިހަމަ ކުރުމަށް ފަހު ޗައިނާގެ ތިން އެސްޓްރޮނޯޓަކު އެނބުރި ދުނިޔޭގެ ބިމަށް އަތުވެއްޖެ އެވެ. އެސްޓްރޮނޯޓުން ޖައްވަށް ފުރައިގެން ދިޔައީ މިދިއަ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ޗައިނާއިން ގާއިމު ކުރާ ޓިއަންގޮންގް ސްޕޭސް ސްޓޭޝަންގެ ފައިނަލް ކޮންސްޓްރަކްޝަން މަސައްކަތްތައް ނިންމާލާށެވެ. އެކަން ފުރިހަމަ ކޮށްފައި ވަނީ ނޮވެމްބަރުގެ ނިޔަލަށެވެ.

ޗައިނާގެ ޖައްވީ އުޅަނދު ޝެންޒޯ-14 އިގެ ފަޅުވެރިން ހުކުރު ދުވަހު ބިމަށް ފޭބީ ޗައިނާގެ އޮޓޮނޮމިކް ސަރަހައްދު ކަމަށްވާ އިނާ މޮންގޯލިއާއިންނެވެ. އަދި ޗައިނާގެ ޖައްވީ އިދާރާއިން ވަނީ އެ މިޝަން "މުޅިން ކާމިޔާބު" ކަމަށް ވެސް ސީސީޓީވީގައި އިއުލާނެއް ކޮށްފަ އެވެ.

ސީސީޓީވީގައި ކޮމާންޑަރު ޗެން ޑޮންގް އާއި ޓީމުގެ ބައިވެރިން ކަމަށްވާ ލިއު ޔަންގް އާއި ކައި ޒޫޒޭ ބުނީ ލޭންޑިން އަށް ފަހު މުޅީން ރަނގަޅު ކަމަށް އިހުސާސްވާ ކަމަށެވެ. އަދި ލޭންޑިން ސައިޓުގައި ތިބި މުވައްޒަފުން ވަނީ އުޅަނދު ސްޕޭސް ސްޓޭޝަނުން ނައްޓާލިތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ފަހުން ޖެއްސި ކެޕްސޫލުން ކުޑައިރުކޮޅެއްގެ ތެރޭގައި ކްރޫން ނެރެފަ އެވެ،

ޗައިނާގެ އެސްޓްރޮނޯޓުންގެ ޓީމުން

ޗައިނާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ޔަންގް ބުނީ ޖައްވީ މަރުކަޒުގެ ހަނދާންތައް ނައްތާނުލެވޭނެ ކަމަށާއި އެނބުރި ދުނިޔޭގެ ބިމަށް އައުމަށް ކުރީ ވެސް ޝައުގުވެރި އިންތިޒާރަކާއި ދަތުރެއް ކަމަށެވެ. އަދި ޖައްވުގައި ތިބެގެން ތިން އެސްޓްރޮނޯޓުން ވެސް ޓިއަންގޮންގްއަށް ދެވަނަ އަދި ތިން ވަނަ މޮޑިއުލް ވަނުން ބަލަހައްޓައި، އާ ފެސިލިޓީތައް ޗެކްކޮށް ޓެސްޓް ކުރުމަށް ތިން ހިނގާލުމެއް ޖައްވުގައި ބޭއްވި ކަމަށެވެ.

ޗައިނާގެ ތިން އެސްޓްރޮނޯޓުންގެ އާ ކްރޫއެއް ޖައްވީ ސްޓޭޝަނަށް އަނެއްކާ ވެސް ވަނީ ގޮސްފަ އެވެ. ޝެންޒޯ-15 ޖައްވީ އުޅަނދުގައި އެ މީހުން އުދުހިގެން ދިޔައީ ޗައިނާގެ ހުޅަނގު އުތުރުގެ ގޯބީ ފަޅުތެރޭގައި އޮންނަ ޖިއުކުއަން ސެޓެލައިޓް ލޯންޗް ސެންޓަރުންނެވެ. އެމީހުން ޖައްވީ ބަނޑަހަގޭގައި ހަ މަސް ދުވަހު އުޅޭނެ އެވެ.

ޗައިނާގެ އެ ތަނަކީ ނާސާ އިސްވެ އޮވެ އުފެއްދި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފަހު ދާއިމީކޮށް މީހުން ދިރިއުޅޭ ދެވަނަ ޖައްވީ އައުޓްޕޯސްޓެވެ. މިތަން އުފެއްދީ 2011 ވަނަ އަހަރު ޗައިނާ ބާކީ ކުރުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.