އިއްޔެ ބޭންކުން ވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާ ކޮށްފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކޮށްފި އެވެ.
ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ކ. ގުރައިދޫގައި ބޭއްވި އެވެ. އެ ހަވީރުގައި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ ބައިވެރިން ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެއި ފައެވެ.
ޑެފް އެސޯސިއޭޝަންގެ މި އިވެންޓަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ބޭއްވި ހަވީރެކެވެ.
އަދި އިއްޔެ ބޭންކުން ވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާ ކޮށްފަ އެވެ.