އިޒްރޭލުގެ ވައިގެ ހަމަލާތައް ގާޒާއަށް އޮއްސަނީ

ގާޒާ ސްޓްރިޕާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ފަދަ ހިފާފައިވާ ސަރަހައްދުތަކުގައި މި އަހަރުގެ މިހާތަނަށް މަދުވެގެން 207 ފަލަސްތީނު މީހުން މަރައި ވައްޓާލައި ޝަހީދު ކޮށްފައި ވެއެވެ.

އިޒްރޭލުގެ ވައިގެ ހަމާލާތަކެއްގައި މިއަދު ގާޒާގެ ރަށްމަތީން އުފެދިފައިވާ ހުޅާއި ދުން: އިޒްރޭލުގެ ހަމަލާތަކުގައި މިދިއަ ހަފުތާއެއްހާ ދުވަސްތެރޭ 10 މީހުން މަރާ ޝަހީދުކޮށްފައިވޭ

އިޒްރޭލުގެ ދެކުނު ސަރަހަށްދަކަށް ރޮކެޓެއް ހަމަލާއެއް އަމާޒު ވުމާ ގުޅިގެން އިޒްރޭލު ހަނގުރާންމަތީ މަތިންދާބޯޓުތައް ބައި ހަދާފައި އުދުއްސުމާއެކު ފަލަސްތީނުގެ ގާޒާގެ އެތަން މިތަނަށް މިއަދު ވެސް ހަމަލާތައް އޮއްސައިފި އެވެ. މިދިޔަ ހަފުތާއިން ފެށިގެން އިޒްރޭލު ސިފައިންގެ އެ ހަމަލާތައް ސިލްސިލާ ކޮށްފައިވާއިރު އަލަށް ފެށި އެ ހަމަލާތަކުގައި މި ހާތަނަށް ފަލަސްތީނުގެ 10 މީހަކު މަރައި ޝަހީދުކޮށްފައި ވެއެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން ހިފާއި ހިސޯރެއްގެ ތެރެއަށް ގެންގޮސްފައިވާ ހުޅަނގު އައްސޭރީގައި ހަމަނުޖެހުމާއި ހަލަބޮލިކަން އިންތިހާއަށް ބޮޑުވެފައި ވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނަނީ މިދިއަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވައިގެ ހަމަލާތަކެއް ގާޒާއަށް އަމާޒު ކޮށްފައި ވަނީ ހަމާސްއަށް ނިސްބަތްވާ ހަތިޔާރު އުފައްދާ ފެސިލިޓީއަކާއި ބިމުގެ އަޑީގައި ހުރި ޓަނަލެއް އަމާޒަކަށް ހަދައިގެން ކަމަށެވެ. އަސްކަރިއްޔާއިން އެ މީހުންގެ އެ މެސްޖެ ފޯރުކޮށް ދިނީ އޭފްޕީ މެދުވެރިކޮށެވެ.

"އެ ހަމަލާތަކަކީ އިޒްރޭލަށް ހަމާސް އިން ހުރަސް އަޅަމުންދާ އެޅުންތައް ކުރިއަރައިގެން ދިޔަ ނުދޭން ކުރިޔަށް ގެންދާ ވައި ހަޅުތާލެއް..." އިޒްރޭލު ސިފައިންނާ ހަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.

އެހެން ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު އިޒްރޭލުގެ ހުޅުވިފައިވާ ސަރަހައްދަކަށް ދިން ރޮކެޓް ހަމަލާ އިޒްރޭލުން ހަމާސްގެ ބޮލުގައި އެޅުވި ނަމަވެސް އެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން މިހާތަނަށް ނަގާފައެއް ނުވެ އެވެ.

އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކުގެ ތަފުސީލުތައް ހިމެނޭ ވިޑިއޯ ރިޕޯޓެއް
ވައިގެ ހަމަލާ ފުޅާ ކުރީ - ގާޒާއަށް ވައިގެ މަގުން ހަމަލާ ދިނުން ފުޅާވީ ހުކުރު ދުވަހު އިޒްރޭލުގެ ސިފައިންގެ މީހަކު ފަލަސްތީނުގެ ޒުވާނެއް ކަމަށްވާ އައްމާރު މުފްލޭހް، 23، އަށް ބަޑިޖަހާ މަރާލުމާ ގުޅިގެން އުފެދުނު ރުޅިވެރިކަމުގެ ތެރޭގަވެ. އެ ހާދިސާ ވިޑިއޯ ފޫޓޭޖުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެދި، އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ހަރަކާތް އިތުރު ކުރަން ސޯޝަލް މީޑިއާގައި ގޮވާލަމުން ދިޔަ އެވެ. އަނެއްކޮޅުން ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެޕް ބޮރެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އަނިޔާވެރިކަން އިތުރުވަމުން ދާތީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. "އެންމެ ފަހު ދުވަސްތަކުގައި އެކަނިވެސް އައިއެސްއެފް [އިސްރާއީލުގެ ސަލާމަތީ ބާރުތައް] ފަލަސްތީނުގެ 10 މީހަކު ވަނީ މަރާލާފައި އިއްޔެ އައިއެސްއެފްގެ މެމްބަރަކު ފަލަސްތީނުގެ މީހަކު އައްމާރު މްފްލޭހް މަރާލުމަކީ އެންމެ ފަހުގެ އެ މީހުން ދެއްކި [ނުރަނގަޅު]މިސާލު،" ބޮރެލް ވިދާޅުވި އެވެ. "އެފަދަ ބަލައި ނުގަނެވޭ ހަގީގަތްތައް ތަހުގީގުކޮށް ފުރިހަމައަށް ޖަވާބުދާރީ ކުރުވުން އޮންނަން ޖެހޭނެ. ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން މަރެއް ޖަސްޓިފައި ކުރެވެނީ ހަމައެކަނި ފުރާނައަށް ބޮޑު ނުރައްކަލެއް އޮތް ހާލަތްތަކުގައި،" ގާޒާ ސްޓްރިޕާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ފަދަ ހިފާފައިވާ ސަރަހައްދުތަކުގައި މި އަހަރުގެ މިހާތަނަށް މަދުވެގެން 207 ފަލަސްތީނު މީހުން މަރައި ވައްޓާލައި ޝަހީދު ކޮށްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.